Advertisement

01 Sep 2023
ޚަބަރު

ރާއްޖޭގެ 5 ސަރަހައްދެއްގައި 4000 ހައުސިން ޔުނިޓް އަޅަން ބަޔަކާއި ހަވާލުކޮށްފި

ރާއްޖޭގައި 4000 ސޯޝަލް ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން މި މަސައްކަތް ޙަވާލުކޮށްފައިވަނީ އެމެރިކާގެ ސްޓްރަކްޗާސް އަންލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

މި އެއްބަސްވުމުގައި އެފް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސަލްފިޔާ އަންވަރެވެ. އަދި ސްޓްރަކްޗާސް އަންލިމިޓަޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއަރމަން ކަރީމް ޖަމަލް އަބްދުސް-ސަލާމެވެ.

މިއެއްބަސްވުމުގެ ދަށުން، ރާއްޖޭގެ 5 ސަރަހައްދެއްގައި ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް ވަނީ އެއްބަސްވެފައެވެ. ސޯސަލް ހައުސިން ތަރައްޤީކުރާ ސަރަހައްދުތައް:

* އައްޑޫ ސިޓީ - 750 ހައުސިންގ ޔުނިޓް

* ގދ. ތިނަދޫ - 500 ހައުސިންގ ޔުނިޓް

* ލ. ގަން - 1000 ހައުސިންގ ޔުނިޓް

* ކުޅުދުއްފުށި ސިޓީ - 1000 ހައުސިންގ ޔުނިޓް

* ގްރޭޓަރ މާލެ ސަރަޙައްދު - 750 ހައުސިންގ ޔުނިޓް

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 249 މިލިއަން އެމެރިކާ ޑޮލަރެވެ. މިއެއްބަސްވުމުގެ ދަށުން ތަރައްޤީކުރާ ހައުންސިންގ ޔުނިޓްތައް ނިންމުމަށް ހަމަޖެހިފައިވަނީ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާތާ 36 މަސް ދުވަހުގެ ތެރޭގައެވެ.

ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ގްރޭޓަރ މާލޭ ސަރަހައްދާއި، އަތޮޅުތަކުގައި މިވަގުތުވެސް ސަރުކާރުން ގެންދަވަނީ ހައުސިންގ މަޝްރޫޢުތައް ހިންގަވަމުންނެވެ. މީގެ ތެރޭގައި ސޯޝަލް ހައުސިންގގެގޮތުގައި ފްލެޓާއި ރޯ-ހައުސް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.