Advertisement

ފޮޓޯ: ބީއެމްއެލް

30 Apr 2023
ވިޔަފާރި
މިފްތާޙް މުޙައްމަދު

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް ސްޓަރ ކްލައުޑަށް

ކުރިން ހެންވެއިރު މެރިން ޑްރީމްގައި ބަހައްޓާފައި ހުރި ބޭންކް އޮފް މޯލްޑިވްސްގެ ޔޫ. އެސް. ޑޮލަރ އޭ. ޓީ. އެމް. ތައް މާފަންނު ސްޓަރ ކްލައުޑްސް އަށް ބަދަލުކޮށްފިއެވެ. އެ ބޭންކުން ހާމަ ކޮށްފައިވާ ގޮތުގައި މި ބަދަލު ގެނައީ 2023 އެޕްރީލް 29 ވަނަ ދުވަހުން ފެށިގެންނެވެ.

މި ބަދަލާއިއެކު މިހާރު ސްޓަރ ކްލައުޑްސްގައި ހުރި އޭ. ޓީ. އެމް. ތަކުން ކުރެވޭނީ ހަމައެކަނީ ޔޫ. އެސް. ޑޮލަރ މުއާމަލާތްތަކެވެ. މީގެ ކުރިން އެ އިމާރާތުގައި ހުރީ ހަމައެކަނި ދިވެހި ރުފިޔާގެ މުއާމަލާތްކުރެވޭ އޭ. ޓީ. އެމް. އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އޭ. ޓީ. އެމް. މެދުވެރިކޮށް ޔޫ. އެސް. ޑޮލަރގެ މުއާމަލާތްކުރެވޭ ގޮތަށް ހަމަޖެއްސީ 2014 ޑިސެމްބަރ ގައެވެ. އަދި ހަމައެކަނި ޔޫ. އެސް. ޑޮލަރ އަށް ހާއްސަކޮށް އޭ. ޓީ. އެމް. ސެންޓަރެއް އެ ބޭންކުން ތައާރަފްކުރީ 2017 ފެބްރުއަރީ 18 ވަނަ ދުވަހުއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.