Advertisement

02 May 2023
ޚަބަރު
މިފްތާޙް މުޙައްމަދު

ބިލު ތައްޔާރުކުރަނީ ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް: ސްޓެލްކޯ

ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރ ރީޑިންގ އަށް ބަލައިގެންކަމާއި އަދި މީޓަރު ހިނގާނީ އެ ގޭބިސީއަކުން ކަރަންޓު ބޭނުންކުރާ މިންވަރަކުންކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިހެން ބުނީ, ބައެއް މީޑިއާ ތަކުގައި އެކުންފުންޏާއި ގުޅިގެން ހިއްސާކޮށްފައިވާ ހަގީގަތާއި ޚިލާފު ވާހަކަތަކަކަށް އިޝާރާތް ކުރަމުންނެވެ. އެގޮތުން މީޓަރުގެ ރީޑިންގ ނެގުމަކާއި ނުލައި ކަރަންޓު ބިލުތައް ބޮޑު ކޮށްފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ.

ސްޓެލްކޯއިން ބުނީ, އޮޅުވާލާފައި ނުވާކަން އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ޔަގީންކުރެވޭނެ ކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް އެ ގޭބިސީއަކަށް ކަރަންޓު ބޭނުން ކުރެވިފައިވާ މިންވަރު އަމިއްލަފުޅަށް ޗެކޮކޮށް ހިސާބު ކުރެވޭނެކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ

އެ ކުންފުނިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި, ކަރަންޓު ބިލު ބޮޑުވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގެ ފިނިހޫނުމިން ފެބުރުވަރީމަހުން މެއި މަހާ ހަމައަށް މައްޗަށް ގޮސްފައިވާތީ, ކަރަންޓު ބޭނުންކުރާ މިންވަރު އިރުތުވެގެން ކަމަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.