Advertisement

15 Aug 2023
ކުޅިވަރު

އިނގިރޭސި ލީގުގެ ގޭމް-ވީކް 1 ރިވިއު

ސްޕާސްގެ އައު ކޯޗު ޕޯސްޓެކޯގްލޫ ގެންގުޅޭ ޓެކްޓިކްސް އިން ދަސްވިކަންކަން

ބްރެންޓްފޯޑް އާއި ޓްޓެންހަމް ހޮޓްސްޕަރ 2-2 އިން އެއްވަރުވުމަކީ އެންގޭ ޕޯސްޓެކޯގްލޫގެ ފުޓްބޯޅަ ޓެކްޓިކްސްއަށް ލިބުނު ފުރިހަމަ ތައާރަފެކެވެ. މި ތައާރަފުން ދޭ މެސެޖަކީ، ޕޯސްޓެކޯގްލޫގެ ޓެކްޓިކްސްތަކާއިއެކު ޓޮޓެންހަމް ހޮޓްސްޕާސްގެ ސަޕޯޓަރުން ތައްޔާރުވާން ޖެހޭނީ ގިނަ ގޯލުތަކެއް ފެނިގެންދާނެ، މުނިފޫހިފިލުވުމުގެ ސީޒަނަކަށް ކަމެވެ.

އެހެންނަމަވެސް އޭނާގެ ޓެކްޓިކްސްގައި ނުރަނގަޅު ކަންތައްތަކެއް ހުރި ކަމަށާއި އެކަންކަން ބޭނުން ކުރަން ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރެންކްއަށް ރަނގަޅަށް އެނގުނުކަން ވެސް ފާހަގަވިއެވެ. އެގޮތުން، ސްޕާސްގެ ދެ ފުލްބެކް ސެންޓްރަލް މިޑްފީލްޑުގައި ޑިޕްލޮއި ކުރާއިރު، އެ ދެ ކުޅުންތެރިންގެ ޑިފެންސިވް ކުޅުމުން ހުސްވިތަނުގެ ބޭނުންކޮށް ބްރެންޓްފޯޑްއިން ވަނީ ކައުންޓަރ އެޓޭކް ތަކުގައި ނުރައްކާ ކޮށްފައެވެ. ސްޕާސްގެ އެޓޭކްތަކަށް ބަލާލާއިރު ކާމިޔާބު ހަމަލާތަކެއް އެފެއްދުމަށް އުނދަގޫވެގެން އުޅުނުކަން ފާހަގަވިއިރު، ސޮން ހެއުންގް މިން ބޭނުން ނުކުރެވި ބާކީވެފަ ހުރިކަން ފާހަގަވިއެވެ.

އަލަށް ގެނައި ކުޅުންތެރިންގެ ސަބަބުން އާޓެޓާގެ ޓެކްޓިކަލް ބަދަލުތަކަށް ފުރުސަތު ފުޅާވި

ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު އާސެނަލްގެ ފުރަތަމަ މެޗުގައި މިކެލް އާޓެޓާ ބޭނުންކުރީ ތިން ޑިފެންޑަރެވެ. އަދި ގަދަ ޓީމުތަކާ ދެކޮޅަށް ފޮރެސްޓް ބޭނުންކުރާ އެޓީމުގެ ޑިފެންސިވް ކުޅުމާއި މި މެޗު ތަފާތެއް ނުވިއެވެ. އެގޮތުން 5-2-3 ފޯމޭޝަނެއްގައި ފޮރެސްޓް އިން އެޓީމުގެ ޕެނަލްޓީ އޭރިއާ ތޮއްޖެއްސިއެވެ. މިކަމަށް ތައްޔާރުވެ އާޓެޓާ ދިޔައީ އޯލް އައުޓް އެޓޭކިން ފޯމޭޝަނަކަށެވެ. އޭނާގެ 3-1-3-3 ގައި ދަނޑުގެ މެދުގައި ޑައިމަންޑް ބައްޓަމެއް ބޭނުންކުރިއިރު ޑައިމަންޑުގެ އެންމެ ކުރީގައި ކައި ހާވަރޓްޒް އާއި ފަހަތުގައި ތޯމަސް ޕާޓޭ، އަދި ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ކުޅުނީ ޑައިމަންޑުގެ ދެ އަރިމަތިންނެވެ.

ތޯމަސް ޕާޓޭގެ ދެ ފަރާތުން ކުޅޭ ދެ ޑިފެންޑަރުން، ބެން ވައިޓް ނުވަތަ ޖުރިއަން ޓިމްބަރ، އެޓޭކުގައި ބައިވެރިވާއިރު، ދަނޑު ތިން ބައިކޮށްފަ އެއްބައިން ފޮރެސްޓްގެ ހާފް ތެރޭގައި އާސެނަލްގެ ހަތް ކުޅުންތެރިން ތިބެއެވެ. އަދި މި ކުޅުންތެރިން ބައިވެރިވާ އެޓޭކްތަކުގައި ފޮރެސްޓްގެ ފަހަތުން ދެ އަރިމަތީގައި އާސެނަލްގެ ކުޅުންތެރިން ދެގުނަވެ، ބޯޅަ ގިނައިރު ގެންގުޅެ، ހަމަލާ އުފައްދަން ފަސޭހަވިއެވެ.

މިގޮތަށް ކުޅުނު ނަމަވެސް އާސެނަލްއަށް ގޯލް ޖެހުމުގެ ސާފު ފުރުސަތުތައް ނުލިބޭކަމަށް ބަލަން ތިބި މީހުންނަށް ހީވެދާނެއެވެ. ނަމަވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ (78.3 ޕަސެންޓް) ފޮރެސްޓްގެ މުޅި ހާފްތެރެ އާސެނަލްއިން ކޮންޓްރޯލްކޮށް ކެތްތެރިކަމާއިއެކު ފުރުސަތަކަށް ބަލަބަލަ އެ ޓީމުން ކުޅެފައިވުމުގެ ނަތީޖާއަކަށްވީ، ކައިރި ކައިރީގައި 2 ގޯލު ކާމިޔާބު ކުރެވުމެވެ.

އާސެނަލްއިން 2-0 އިން ކުރި ހޯދާފައިވަނިކޮށް، ފޮރެސްޓަށް ލިބުނު ކޯނަރެއްގައި އެ ޓީމުން ގޯލެއް ޖަހާ މެޗުގެ އޮއެވަރު ކޮންމެވެސް ވަރަކަށް ބަދަލުކުރިއެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި އާޓެޓާ ބޭނުންކުރި ފޯމޭޝާން ހަމަ ކާމިޔާބެވެ.

ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފޭކަމީ އެވަޓަންއަށް އޮތް ބޮޑު ކަންބޮޑުވުމެއް

މިދިޔަ ސީޒަނުގައި ވެސް އެ ޓީމަށް ކުރިމަތިވީ މިކަހަލަ ގޮންޖެހުމެކެވެ.

މި ދިޔަ ސީޒަނުގައި ދެވަނައަށް އެންމެ މަދު ގޯލު ކާމިޔާބު ކުރީ އެ ޓީމުންނެވެ. އަދި ޖުމްލަ 34 ގޯލާއި އެކު އެވަޓަންއަކީ ލިބުނު ފުރުސަތުތަކާ އަޅާބަލާއިރު އެންމެ މަދުން ގޯލުޖެހި ޓީމެވެ.

ސީޒަނގެ ފުރަތަމަ މެޗުގައި ފުލަމް އަތުން 1-0 އިން އެވަޓަން ބަލިވި މެޗަކީ ސަޕޯޓަރުންނަށް އެހާ ބަލައިގަންނަން ފަސޭހަ މެޗަކަށް ނުވެދާނެއެވެ. އެއީ އެޓީމަކީ ގޯލެއް ކާމިޔާބު ނުކުރެވުނަސް ޕްރިމިއަ ލީގުގެ މި ހަފްތާގައި ތިން ވަނައަށް އެންމެ ގިނަ ޝޮޓު (19) ހެދި ތީމެވެ.

ޗެލްސީ އާއި ލިވަޕޫލުން ކަސެޑޯ އާއި ލާވިއާ ބޭނުންވާ މިންވަރު ހާމަވޭ

މެޗު ފެށިގެން ގާތްގަނޑަކަށް 30 މިނެޓް ކުޅުނުއިރު ލިވަޕޫލްގެ މުހައްމަދު ސަލާހު ޖެހި ގޯލަށް ނުބަލަން ރެފްރީ ނިންމުމާއި ހަމައަށް ޗެލްސީ އޮތީ ވިއްސި ވިހާލިވެފަ އެވެ. އެއަށްފަހު މެޗުގެ އޮއިވަރު ޗެލްސީއިން ބަދަލުކޮށް ލިވަޕޫލް ފަހަތަށް ޖެއްސިއެވެ. ޗެލްސީއިން ތަފާތު ދެއްކީ ކާނީ ޗުކުއެމެކާ އާއި ކޮނޯ ގަލަގާ އެވެ.

ޗެލްސީ އިން 64.9 ޕަސެންޓް ބޯޅަ ގެންގުޅެފައިވާއިރު، މިއީ 2003/04 ވަނަ އަހަރު މިފަދަ ރެކޯޑްތައް ބަލަހައްޓަން ފެށުނު ފަހުން ޕްރިމިއާ ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗެއްގައި ޓީމަކުން އެންމެ ގިނަ ވަގުތު ބޯޅަ ހިފެހެއްޓި މެޗެވެ. އެ ހައިރާން ކުރުވަނިވި ތަފާސް ހިސާބުތަކުން ހާމަވަނީ ޕޮޗެޓީނޯގެ 3-4-3 ފޯމޭޝަންގެ ކާމިޔާބުކަމާއި، ލިވަޕޫލްގެ މެދުތެރެއަށް ކުޅުނު ފަބިނިއޯ ނެތުމުން ވާ ގެއްލުމެވެ.

މެޗު ނިމުމާއި ހަމައަށް އައިއިރު، ލިވަޕޫލްގެ ކޯޑީ ގަކްޕޯގެ އައު ރޯލަށް ހޭނުމަށް އޭނާއަށް ދިމާވި ދަތިތައް ފާހަގަވިއެވެ. އަދި ޖުމްލަކޮށް މޮއިސް ކައިސެޑޯ އާއި ރޯމިއޯ ލާވިއާ އަށް ދެ ޓީމުން އަމާޒު ހިފީ ކީއްވެގެންކަން ސާބިތުވިއެވެ.

މިއީ، ފުޓުބޯޅަ އެނަލިސްޓް، އެލެކްސް ކެބްލޭގެ އެނަލިސިސްއަށް ބިނާކޮށް ލިޔެފައިވާ ލިއުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.