Advertisement

ފޮޓޯ: ސީބީއެސް ނިއުސް

15 Aug 2023
ދުނިޔެ

މަރާލާފައި އެއްލާލި ކުޑަ ކުއްޖެއްގެ ގާތިލު 4 އަހަރު ފަހުން ހޯދިއްޖެ!

ދިވެހި ރާއްޖޭގައި ވިހާފައި ދަރިން މަރާލާ މައިންގެ ވާހަކަ ވަރަށް ބާރަށް ދެކެވުނު ދުވަސްކޮޅެއް އައެވެ. އެއީ 2010އަކާ 2014 އާ ދެމެދުއެވެ. ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އަމަލުތައް ހިނގަނީ ވަކި ޒަމާނަކަށް، ވަކި ދުވަސްކޮޅަކަށް ޙާއްޞަވެގެނެއް ނޫނެވެ. އެގޮތުން 2018 ވަނަ އަހަރު ވިހާފައި އެއްލާލި ކުއްޖެއްގެ ގާތިލު މި ވަނީ މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ހޯދިފައެވެ. 1 ޖޫން 2018 ވީ ހުކުރު ދުވަހު މި ކުއްޖާ ފެނިފައި ވަނީ ފްލޯރިޑާގެ ޕާރމް ބީޗް ކަންޓްރީ ކިޔާ އަވަށެއްގެ މޫދުން އޮޔާ ދަނިކޮށެވެ. އެ ކުއްޖާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެ ހިސާބުގައި މަސައްކަތްކުރާ އަލިފާންނިވާ މީހެކެވެ. އަދި ފުލުހުންގެ ސަމާލުކަމަށް މިކަން އައި ހިސާބުން މި ކުއްޖާގެ ޤާތިލު ހޯދުމަށް ވަރަށް ގިނަ މަސައްކަތްކުރެވުނެވެ. އެގޮތުން އެ ހިސާބުގެ ހޮސްޕިޓަލުތަކުގައި ވިހި 600އަށް ވުރެ ގިނަ މީހުން ބަލާ އެ މީހުންގެ ދަރިން އެ މީހުންގެ އަތުގައި ތިބިތޯ ކަށަވަރުކުރެވުނެވެ. އެހެންނަމަވެސް ކުއްޖާގެ މަންމަ ހޯދޭނެ ގޮތް ވަނީ ނުވެފައެވެ.

ފާއިތުވެ ދިޔަ އަހަރު އެ ކުއްޖާގެ ޑީއެންއޭ ހިމެނޭ މީހެއް ވަނީ ހޯދިފައެވެ. އެއީ އެ ކުއްޖާގެ ބައްޕަގެ ތިމާގެ މީހެކެވެ. އެއަށް ފަހު ކުރެވުނު ދިރާސާތަކުން ހޯދުނު ގޮތުގައި އެ ކުއްޖާގެ ބައްޕަ ދުވަހަކު ވެސް އެ ކުއްޖާ ހަމަލޮލުން ނުދެކެއެވެ. އަދި އެ ކުއްޖާ އުފަންވިކަން ބައްޕައަށް އެނގުނީ ވިހެއުމުގެ ދެތިން މަސް ފަހުންނެވެ. ފުލުހުން ހާމަކުރާ ގޮތުގައި ކުއްޖާގެ މަންމަ ހޯދުމަށް ފަހު ހެދުނު ޑީއެންއޭ ޓެސްޓުން ކުއްޖާގެ މަންމައަކީ ސިންގްހްކަން ހާމަވެއެވެ. ސިންގްހް ހާމަކުރާ ގޮތުގައި ވިހެއުމުގެ ކުރިން އޭނާ ބަނޑުބޮޑުކަން އޭނާއަކަށް ނޭނގެއެވެ. އޭނާ ވިހާފައިވަނީ ހޮޓެލެއްގެ ތެރޭގައެވެ. އަދި ވިހެއުމަށް ފަހު އެއްރޭ ކުއްޖާ ކައިރީގައި ބޭއްވިކަމަށް ވެސް އޭނާ ހާމަކުރެއެވެ. ސިންގްހް ބުނީ ކުއްޖާ އުފަން ވި އިރު ވެސް އަދި ކަނޑަށް ދޫކޮށްލި އިރު ވެސް ފުރާނަ ހުރިކަމެއް އޭނާއަށް ކަށަވަރުކޮށް ބުނަން ނޭނގޭކަމަށެވެ. އެގޮތުން ހެދުނު އޯޓޯޕްސީ ރިޕޯޓުން ދައްކާ ގޮތުގައި ކުއްޖާ މަރުވެފައިވަނީ ނޭވާނުލެވި ނޭވާކޮޅަށް ދިއުމުގެ ސަބަބުންނެވެ. އެހެންކަމުން ކުއްޖާ މަރާލަން ސިންގްހް މަސައްކަތް ކުރިކަމަށް ޝައްކުކުރެވޭ ހެކިތަކެއް ލިބެން އެބަ ހުއްޓެވެ.

މި މައްސަލައިގައި ސިގްހްއާ ދެކޮޅަށް 14 އަހަރުގެ ޖަލުހުކުމެއް ވަނީ އުފުލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.