Advertisement

04 May 2025
ޚަބަރު

ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލުން: ރައީސުލްޖުމްހޫރިއްޔާ

ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ މައިގަނޑު ބޭނުމަކީ ކޮރަޕްޝަން ނައްތާލައި، ނަޒާހާތްތެރިކަން ކަށަވަރުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ސަރުކާރުން އިޢުލާންކުރެއްވި "މޯލްޑިވްސް 2.0" ޑިޖިޓަލައިޒޭޝަން ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އެ މަނިކުފާނުގެ އެސްޓޯނިއާ ދަތުރުފުޅަކީ މި ސިޔާސަތަށް ތައްޔާރުވުމުގެ ގޮތުން ކުރެއްވެވި ދަތުރެއްކަމަށް ވިދާޅުވިއެވެ. އެސްޓޯނިއާއަކީ ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން، ދުނިޔޭގެ އެންމެ ނަޒާހަތްތެރި ޤައުމުތަކުގެ އިންޑެކްސްގައި އެންމެ މަތީގައި އުޅޭ އެއް ޤައުމެވެ.

އެސްޓޯނިއާގެ އެ ސިޔާސަތު ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މުޅި ދުނިޔެއިން ދެވަނައަށް އެންމެ ޕްރެސް ފްރީޑަމްއޮތީ ވެސް އެ ޤައުމުގައިކަމަށެވެ. އަދި އެ ޤައުމަކީ އެއްކޮށް ޑިޖިޓަލައިޒްކޮށްފައި އޮތް ޤައުމެއްކަމަށާއި، އެއް ވިއުގައަކުން ސަރުކާރު ހިންގޭފަދަ ނިޒާމެއް އޮތް ޤައުމެއްކަމަށެވެ

މޯލްޑިވްސް 2.0 އަކީ ކުރިއަށްއޮތް 3 އަހަރު، ދައުލަތުގެ މުޅި ނިޒާމު ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ލޯންޗުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ބޭނުމަކީ ކޮރަޕްޝަން ނައްތާލައި ހާމަކަން ބޮޑުކަމާއި ފަސޭހަކަމާއެކު ވެރިކަން ހިންގުމުގެ ނިޒާމެއް ޤާއިމްކުރުންކަަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިމަހުގެ 9 ވަނަ ދުވަހު މުޅި ދައުލަތް ހިމެނޭހެން ޑިޖިޓަލައިޒޭޝަން ސިޔާސަތާގުޅޭ ބޮޑު ކޮންފަރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.