Advertisement

03 May 2025
ޚަބަރު

އިންސާނީ ކަރާމާތް ކުރިއެރުވުމުގައި ނޫސްވެރިކަން މުހިންމު ދައުރެއް އަދާކުރޭ: ރައީސް

އިންސާނީ ކަރާމާތް ޙިމާޔަތްކޮށް، ޢަދުލު އިންސާފު ކުރިއެރުވުމުގައި މިނިވަން ނޫސްވެރިކަން މުހިންމުކަމަށް، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި މިއަހަރުގެ ޝިޢާރުކަމުގައިވާ "ރިޕޯޓިންގ އިން ދަ ބްރޭވް ނިއު ވޯލްޑް: ދަ އިމްޕެކްޓް އޮފް އާޓިފިޝަލް އިންޓެލިޖެންސް އޮން ޕްރެސް ފްރީޑަމް އެންޑް ދަ މީޑިއާ" މި ޝިޢާރަށްވަނީ އަލިއަޅުއްވާލައްވަވާފައެވެ.

އެގޮތުން ޑިޒިންމާދާރުކަމާއެކު ބޭނުންކުރެވޭނަމަ އާޓިފިޝަލް އިންޓެލިޖެންސް، ނުވަތަ އޭއައިއަކީ ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ވަޞީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އޭއައި ނުރަނގަޅު ގޮތުގައި ބޭނުންކުރެވޭނަމަ އޭގެން އެ މުޖުތަމަޢުއެއްގެ ތެރޭގައި ފިތުނަ ފަސާދައާއި ދޮގު މަޢޫލޫމާތު ފެތުރުމުގެ ފުރުޞަތުވެސް އިތުރުވެގެންދާކަމަށާއި، އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފާ، އަދި ކުރިއަރުވާ ބަޔަކަށްވުމަށް މަސައްކަތްކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މިނިވަން ޒިންމާދާރު ނޫސްވެރިކަމަކަށް ޖާގަދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ކުރިއަށްދާނެކަމަށެވެ.

ރައީސްގެ ޕޯސްޓުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞައްޙަ އަދި އިތުބާރުހުރި ގޮތެއްގައި މަޢުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ހިތްވަރަށް އެމަނިކުފާނު ވަނީ ތަޢުރީފުކުރައްވާފައެވެ. އަދި ޑިމޮކްރެޓިކް މުޖުތަމަޢުތަކުގެ ކުރިއެރުމާއި ދުޅަހެޔޮކަން ކަށަވަރުކޮށް، އިންސާނީ ކަރާމާތް ޙިމާޔަތްކޮށް، ޢަދުލު އިންސާފު ކުރިއެރުވުމުގައި، ނޫސްވެރިން އަދާކުރާ ދައުރަކީވެސް މުހިންމު ދައުރެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.