Advertisement

26 Apr 2025
ޚަބަރު

ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމުގެ ކަންކަން ސަރުކާރުން ހަމަޖައްސައިދީފި

ހފެންޓަނޯއީގެއާ އިންވެގެން ހުރި ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް ހައްވާ ޔުމްނު ރަޝީދު، އިތުރު ފަރުވާ އަށް މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތަކާއި ބޭސްފަރުވާގެ ހުރިހާ ކަމެއް އެންސްޕާ މެދުވެރިކޮށް ހަމަޖައްސާފައިވާ ކަމަށް އާއިލާ އިން ރޭ ބުނެފިއެވެ.

"މިހާރު" ނޫހަށް ދިން އިންޓަވިއުއެއްގައި އާއިލާގެ ފަރާތުން މުހައްމަދު މުއުމިން ބުނީ އަންނަ އާދީއްތަ ދުވަހު ސްރީ ލަންކަން އެއާލައިންސް ފްލައިޓުން ޔުމްނު މެލޭޝިއާ އަށް ގެންދިޔުމުގެ އިންތިޒާމުތައް އެންސްޕާ މެދުވެރިކޮށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުގެ ކަންކަމާއި ބޭސްފަރުވާގެ ކަންކަން ވެސް ސަރުކާރުން ހަޖައްސައިދީފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

އެކަމަކު ވީހާ ވެސް އަވަހަކަށް ބޭރަށް ގެންދަން ބޭނުންވާތީ، އާދީއްތައިގެ ކުރިން ވެސް ޗާޓަރު ފްލައިޓެއް ހަމަޖެހޭތޯ އެންސްޕާ މެދުވެރިކޮށް ދަނީ ބަލަމުން. އެންސްޕާގެ އެއްބާރުލުން އަޅުގަނޑުމެންނަށް ދަނީ ލިބެމުން. 

އާއިލާ އިން ވާހަކަ ދެއްކި މުއުމިން ބުންޏެވެ.

ބޭސްފަރުވާއަށް ބަލި މީހުން ގެންދިޔުމަށް ޗާޓަރު ފްލައިޓު ހަމަޖައްސައިދިނުމަކީ އެންސްޕާއިން އަމަލުކުރާ އުސޫލެއް ނޫނެވެ.

ޔުމްނު ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 07:23 ހާއިރެވެ. މި މައްސަލައާ ގުޅޭ ތަފްސީލް މީޑިއާތަކާ ޙިއްސާކުރަމުން އަންގާރަ ދުވަހުގެރޭ ފުލުހުން ވިދާޅުވީ، ތުޙުމަތު ކުރެވޭ ގޮތުގައި 21 އަހަރުގެ މި ޒުވާނާ ވެއްޓުނީ އަމިއްލައަށެވެ. އަދި ވެއްޓުނުއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ޓެސްޓުތަކުން ހާމަވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައިވެއެވެ.

ކޮމެންޓް
އާދަމް
ހާލުގައި ޖެހުނު މީހާއަށް އެހީވެ ފަރުވާދިނުމަކީ ރަގަޅުގޮތް އެކަމަކު އޭނާއަށް އެހެންވީ ކޮންމެވެސް ބައެއްގެ ސަބަބުން ވީމާ އެފަރާތް ތަކުގެ އަތުން ބަދަލު އަތުލަން ޖެހޭނެ އެއީ އެއްމެ ރަގަޅުގޮތް ކަމުގައި އަހަރެން ދެކެން،
26 Apr 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.