Advertisement

19 Apr 2025
ޚަބަރު

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސުލްޖުމްހޫރިއްޔާ ޝަރަފުވެރިކޮށްދެއްވައިފި

ޤައުމީ ދިފާޢީ ބާރުގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި މަގުމަތީގެ ހިނގާލުން، ދިވެހި އަސްކަރިއްޔާގެ އެންމެ މަތީ ވެރިޔާ އަދި ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

އަސްކަރިއްޔާގެ ހިނގާލުމުގައިކަނޑާއި، އެއްގަމާއި އަދި ވައިގެ އެކި ބަހާތަަކަށް ނިސްބަތްވާ ސިފައިންނާއި އަސްކަރީ ސިފައިންނާއި އުޅަނދުތައް ވަނީ ދައްކާލާފައެވެ.

ޝަރަފުގެ ހިނގާލުން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާއި ދިފާޢީ ވަޒީރު ޣައްސާން މައުމޫނުއާއި ސަރުކާރުގެ ވަޒީރުންނާއި، އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މި ހިނގާލުން ބަލާލުމަށް ކުޑަކުދިން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު އެ ހިނގާލުން ކުރިއަށްދިޔަ ސަރަޙައްދުތަކަށް ވަނީ ޖަމާވެފައެވެ.

އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުން ފެށީ ބަންޑާރަކޮށިންނެވެ. ޝަރަފުގެ ހިނގާލުމުގައި ސިފައިގެ ލަޝްކަރު މާލޭގެ ފަސް ސަރަޙައްދަކަށް މަޑުކޮށް، އެކި ހުށަހެޅުންތައް ހުށަހަޅައިދޭނެއެވެ. މި ހިނގާލުމުގައި ލަޝްކަރު މަޑުކުރާނީ އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.

ދިފާޢީ ބާރުން ފާހަގަކުރައްވާގޮތުގައި މި ހިނގާލުމުގެ ބޭނުމަކީ ދިވެހި އަސްކަރިއްޔާގެ މުހިންމުކަން ބުނެދީ، ޤައުމުގެ ދިފާޢުގައި އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި އޮންނަ އޮތުން ދައްކުވައިދިނުންކަމަށެވެ. އަދި ރައްޔިތުންނާއި ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމަކީވެސް މި ހިނގާލުމުގެ ވަރަށް ބޮޑު މަޤުޞަދެއްކަމަށް ދިފާޢީ ބާރުން ފާހަގަކުރެއެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.