Advertisement

ފޮޓޯ: ސަން

19 Apr 2025
ފަލަސްތީން

"އުންމަތް ފަލަސްތީނާއި އެކު" ނަމުގައި ޚާއްސަ ހިނގާލުމެއް ބާއްވައިފި

"އުންމަތް ފަލަސްތީނާއި އެކު" ނަމުގައި ޚާއްސަ ހިނގާލުމެއް ބާއްވައިފިއެވެ.

މި ހިނގާލުން ބާއްވާފައި ވަނީ ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލާ ދިވެހިން ފަލަސްތީނާއި އެކު ތިބިކަން ހާމަކޮށްދިނުމަށެވެ. ހުކުރު ދުވަހުގެ ރޭގެ 08:00ން ފެށިގެން ކުރިއަށް ގެންދިޔަ ހިނގާލުން ކުރިއަށް ދިޔައީ ސޯޝަލް ސެންޓަރ އިން ފެށިގެން އާޓިފިޝަލް ބީޗާއި ހަމައަށެވެ.

މި ހަރަކާތަކީ ފަލަސްތީނުގައި މުސްލިމުންނަށް ކުރަމުންދާ އަނިޔާ އާއި ގުޅިގެން ދިވެހި ބައެއް ޖަމިއްޔާ ޖަމާއަތްތަކަުން އިސްވެ ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހިނގާލުމަށް ބޮޑު ތަރުޚީބެއް ވަނީ ލިބިފައެވެ.

އެ ހިނގާލުމުގެ ބައިވެރިން ވަނީ އެމެރިކާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަަމަށާއި އިސްރާއީލަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް ގޮވާލާފައެވެ. އަދި އިސްރާޢީލް ޕާސްޕޯޓް މަނާކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް އެ ހިނގާލުމުގެ ބައިވެރިން ވަނީ ބުނެފައެވެ. ހަމައެހެންމެ އިސްރާޢީލްގެ ޕްރޮޑަކްޓްތައް މަނާކުުރުމަށް ވެސް ބައިވެރިން ވަނީ ގޮވާލާފައެވެ.

އެ ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗްގައި ޚާއްސަ ދަރުސްއެއް ވަނީ ބާއްވާފައެވެ. އެ ދަރުސްގައި ފަލަސްތީނުގެ މުގައްދަސް ބިމާއި، ފަލަސްތީނުގައި އިސްރާއިލުން ހިންގާ ޖަރީމާތަކާއި ގުޅޭ މައުލޫމާތު ވަނީ ދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.