Advertisement

16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު

ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ

ދިރިއުޅުމުގެ ހުރިހާ ކަމަކަށްވެސް ކީރިތި ޤުރުޢާނުން އިރުޝާދު ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އީގަލްސް ކޮމިއުނިޓީގެ ފުރަތަމަ ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އީގަލްސް ކޮމިއުނިޓީގެ ޤުރުއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ އީގަލްސް ކޮމިއުނިޓީން މިފަދަ މުބާރާތެއް ބޭއްވުމަކީ އެޖަމްޢިއްޔާގެ އިޖްތިމާޢީ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސާޖިދާގެ ވާހަކަފުޅުގައިވަނީ ކީރިތި ޤުރުޢާނުގެ އިރުޝާދުތަކާއި އެއްގޮތަށް ޢަމަލުތައް ބައްޓަން ކުރުމަށް ސަމާލުވުމަށް ގޮވާލައްވާފައެވެ. އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެއިރުޝާދުތައް ހިމެނުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އީގަލްސް ކޮމިއުނިޓީން އިންތިޒާމުކޮށްގެން ބޭއްވި ފުރަތަމަ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި 174 ކުދިން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ އީގަލްސް ކޮމިއުނިޓީ އެ ސަރަހައްދަކަށް ނިސްބަތްވާ މާފަންނުގެ ތާޖުއްދީން ސްކޫލުގެ ކުދިންނަށް އަމާޒުކޮށްގެންނެވެ.

އީގަލްސް ކޮމިއުނިޓީން ބުނީ ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމާއި އަދި ޙާފިޒުންނަށް ޚާއްސަކޮށްގެން މިއަހަރަށްވުރެ ފުޅާދާއިރާއެއްގައި އިތުރު ޤުރުއާން މުބާރާތެއް ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް މަސައްކަތްކުރާނެކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
16 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަދީނާގެ ހަރަމްފުޅުގެ އިމާމް ރާއްޖެ ވަޑައިގަންނަވަނީ
ޑރ. ޞަލާޙުލްބުދައިރު ރާއްޖެއަށް ކުރާއްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، ޢާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
16 Apr 2025
މެޑަން ސާޖިދާ މުޙައްމަދު
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ކީރިތި ޤުރުއާނުން އިރުޝާދު ލިބިގަންނަން ޖެހޭ: މެޑަމް ސާޖިދާ
ރައީސުލްޖުމްހޫރިއްޔާ އަނބިކަނބަލުންގެ ވާހަކަފުޅުގައި މިފަހަކަށް އައިސް ޤުރުއާން ކިޔެވުމުގެ މުބާރާތްތައް ބާއްވާ މިންވަރު އިތުރުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ދަރީންނާއި މުޅި މުޖުތަމަޢަކީ ކީރިތި ޤުރްއާނުގެ ހިޔާވަހިކަމަށް އެދޭ ބަޔަކަށްވުމަކީ ވަރަށް އުންމީދީ މަންޒަރެއްކަމަށާއި، އަދި އެއީ ހެޔޮ ބަދަލެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.
16 Apr 2025
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އިސްރާޢީލު ޕާސްޕޯޓު މަނާކުރާ ބިލު ވަގުތުން ތަސްދީގުކުރައްވައިފި
އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ގެނައި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
11 Apr 2025
މޯލްޑިްވްސް ޕޮލިސް ސަރވިސް
ޓެމޫގެ ނަމުގައި ހިންގާ ސްކޭމްތައް އިތުރުވުމުން ސަމާލުވާން އެދިއްޖެ
މަޤުބޫލުކަން ހޯދަމުން އަންނަ ޓެމޫގެ ނަމުގައި ސްކޭމްތައް އިރުވަމުން އަންނާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.