Advertisement

ލަގާނާ ބާޖް ތައާރަފް ކުރުމަށް އެސްޓޯއޯއިން ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޝިލް އަބްދުالله ސަޢީދު ވާހަކަފުޅު ދައްކަވަނީ

29 Apr 2023
ޚަބަރު
މިފްތާޙް މުޙައްމަދު

ޖެޓް ފިއުލްއަށް ޙާއްސަ ބާޖެއް ތައާރަފްކޮށްފި

ޖެޓް ފިއުލްއަށް ޙާއްސަކޮށް ބޭނުން ކުރަން ނިންމާފައިވާ, ލަގާނާ ނަމަކަށް ކިޔާ ބާޖެއް އެސްޓީއޯއިން މިއަދު ތައާރަފްކޮށްފިއެވެ. މިކަމަށް ޙާއްސަކޮށްގެން މިއަދު އެސްޓީއޯއިން ބޭއްވި ރަސްމިއްޔާތުގައި ބާޖު ތައާރަފް ކޮށްދިނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޝިލް އަބްދުالله  ސަޢީދެވެ.

ލަގަނާ ބާޖަކީ ރާއްޖޭގައި ފުރަތަމަފަހަރަށް ބޭނުން ކުރަން ފެށޭ ޑެޑިކޭޓެޑް ޖެޓް ފިއުލް ބާރޖް އެކެވެ. މިއީ އެސް.ޓީ.އޯ އާއި އައިލެންޑް އޭވިއޭޝަން ސާރވިސަސް އާއި އެކު ވެވުނު އެއްބަސްވުމުގެ ދަށުން މާފަރު އެއާރޕޯޓައް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ހާއްސަކިރެވިގެން ކޮމިޝަން ކުރެވުނު ބާޖެކެވެ

މި ބާރޖް ތައްޔާރު ކުރެވުނީ ރާއްޖޭގެ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރި ކަމާއިއެކު ގެންދިއުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށެވެ. އަދި މިއީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ އުޅަނދެކެވެ. މިބާޖަކީ ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ކޮމިޝަންކޮށްފައިވާ އުޅަނދެކެވެ. މިކަމަކީވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރެވުނުކަމެކެވެ. މި ބާޖުގައި 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނައިރު، ޒަމާނީ މިނެކިރުމުގެ އާލާތްތައް ބެހެއްޓިފައި ހުންނާނެއެވެ

އައު ބާޖާއެކު އުޅަނދުގެ ކްރޫންނަށް ވަނީ އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން، ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައެވެ.

މިއާއި އެކު އެސް.ޓީ.އޯ އިން ވަނީ އިންޑަސްޓްރީ ބެސްޓް ޕެރެކްޓިސް އާއި އެއްގޮތަށް ޖެޓް އޭ-1 ތެޔޮ ރިފައިނަރީ އިން ފެށިގެން ފްލައިޓް އާއި ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމު ކޮށްފެއެވެ. މި ގޮތުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސް.ޓީ.އޯ އިން މާލޭގައި ގާއިމުކުރި ލެބޯޓްރީ ގައި ޓެސްޓްކުރާނެއެވެ.

 މި ބާޖް ތައްޔާރު ކޮށްފައިވަނީ ހަންސާކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީއާ އެކުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.