Advertisement

ރައީސުލްޖުމްހޫރިއްޔާ އިއްޒުއްދީން ފާލަން ހުޅުއްވައިދެއްވުން ---

28 Feb 2025
ޚަބަރު

ޢިއްޒުއްދީން ފާލަން އަލުން ހުޅުވައިފި

މިސަރުކާރުގައި އަމަލީ މަސައްކަތްފެށި މަޝްރޫޢުތަކުގެ ތެރެއިން ނިމުނު ފުރަތަމަ މަޝްރޫޢު، އިއްޒުއްދީން ފާލަން އަލުން ބިނާކުރުމުގެ މަސައްކަތް ނިންމައި މިރޭ ހުޅުވައިފިއެވެ.

މި ފާލަން ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ފާލަން ހުޅުއްވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި، މި ފާލަމަކީ ސަރުކާރުގެ ޤައުމީ ތަރައްޤީގެ ސިޔާސަތާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ގޮތަށް ފަރުމާކުރެވިފައިވާ ފާލަމެއްކަމުގައި ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ތަރައްޤީ މާނަ ކުރައްވަނީ ވަށާޖެހޭ ތަރައްޤީއެއް ގޮތަށް، ޢުމްރާނީ ބިނާކުރުންތަކާއެކު ފިކުރީ ބިނާކުރުން ހިމެނޭ ގޮތަށް ކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި ފިކުރީ ބިނާކުރުމުގެ ތެރޭގައި، ތިމާގެ ވިސްނުމުގައި ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭކަން ފާހަގަކުރައްވަމުން، މިފާލަމުންވެސް ދިވެހިވަންތަކަމާއި، ދިވެހިރާއްޖޭގެ ފަންނުވެރިކަމާއި، ރާއްޖޭގެ މާޒީ އަދި މުސްތަޤްބަލްވެސް ރަމްޒުކޮށްދޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢިއްޒުއްދީން ފާލަން ތަރައްޤީކުރެއްވި އެންމެ މުހިންމު އެއްބޭނުންފުޅަކީ އެ ސަރަހައްދަކީ ހިތްގައިމު މައިދާނަކަށް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ. އަދި ސަލްޓަން ޕާކްވެސް މިދިޔަ ދެތިން އަހަރުގެ ތެރޭގައި އޮތީ އެއްގޮތަކަށްވެސް ނުބެލެހެއްޓިކަން ފާހަގަކުރައްވައި، އެޕާކުވެސް ސަރުކާރުން ތަރައްޤީކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.