Advertisement

ފުލުހުންގެ އިދާރާ --

25 Feb 2025
ޚަބަރު

ޕޮލްކޯގެ ސީއީއޯ އަނީސް ސަސްޕެންޑްކޮށްފި

ފުލުހުންގެ ކުންފުނި، ޕޮލްކޯގެ ސީއީއޯގެ މަޤާމުގައި ހުންނެވި، އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އަނީސް މަޤާމުގެ ޒިންމާތަކުން އެކަހެރިކޮށްފިއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވީ، އެގޮތަށް ނިންމާފައި ވަނީ ޕޮލްކޯގެ ބޯޑުން، މިމަހުގެ 23 ވަނަ ދުވަހުގައި ކަމަށެވެ. އަދި އަނީސް ސަސްޕެންޑްކުރުމަށް ބޯޑުން ނިންމީ، އޭނާ އާއި މެދު ޢިތުބާރު ނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށައެޅިފައި ވާތީ ކަމުގައިވެސް ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވެއެވެ.

ފުލުުހުންގެ އިދާރާއިން ވިދާޅުވީ، އަނީސް ސަސްޕެންޑް ކުރުމަށްފަހުގައި، ޕޮލްކޯގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމުގެ ޒިންމާ، ޕޮލްކޯގެ ސެކްރެޓަރީ އިބްރާހިމް ޚަލީލުއާވެސް ހަވާލުކުރުމަށް ޕޮލސްކޯގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އަނީސް ސަސްޕެންޑް ކުރި ސަބަބަކާއި ގުޅޭ ގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް ފުލުހުން ޖަވާބެއް ނުދިނެވެ. އެހެން ނަމަވެސް އަނީސް ސަސްޕެންޑް ކުރުމަށް ނިންމީ، ޕޮލްކޯގެ ތެރޭގައި ހިނގާގޮސްފައިވާ ޚިޔާނާތުގެ މައްސަލަތައް ބެލުމަށް، އޭސީސީއަށް އޭނާ އެއްބާރުލުން ދެމުންދާތީކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ. އަދި ޕޮލްކޯގެ ބޯޑުގެ ނިންމުމެއް ކަމަށް ބުނާ އެ ނިންމުމަކީ، ޕޮލްކޯގެ ބޯޑުގެ ހިންގާ ޤަވާއިދާއި ޚިލާފަށް ނިންމި ނިންމުމެއް ކަމުގައިވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.