Advertisement

ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ---

24 Feb 2025
ޚަބަރު

ދިރާސީ ކަލަންޑަރު އާއްމުކޮށްފި

ކުރިޔަށް އޮތް ދިރާސީ އައު އަހަރުގެ ކަލަންޑަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އާއްމުކޮށްފިއެވެ.

އިއްޔެ އާއްމު ކުރި ދިރާސީ ކަލަންޑަރުގައި ވާގޮތުން، މިއަހަރުގެ ސްކޫލު ބަންދަށްފަހު ދެން ސްކޫލުތައް ހުޅުވޭނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގައެވެ. އަދި ޖުލައި 24 ގައި ފުރަތަމަ ޓާމު ނިންމާއިރު، ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ، އޮގަސްޓް 10 ގައެވެ.

މީގެ އިތުރުން ދިރާސީ އަހަރު ނިންމައި ސްކޫލުތައް ބަންދު ކުރާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 28 ގައެވެ.

ދިރާސީ އަހަރު ފެށުން ކުރިން އޮތް ގޮތަށް ޖެނުއަރީ މަހަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމާފައިވާ އިރު 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ، ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. 

ދިރާސީ އަހަރު އޮގަސްޓްމަހު ފަށާގޮތަށް ކުރީ ސަރުކާރުން ބަދަލުކުރީ، ކޯވިޑް-19ގެ ހާަލަތާއި ގުޅިގެން 2020 ވަނަ އަހަރުގެ ދިރާސީ އަހަރު ދޮޅު އަހަރަށް ދިގުދަންމާލުމަށް ފަހުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.