Advertisement

04 Dec 2024
ވާހަކަ
ލުބާނާ ޙުސައިން

ހިތިކަމުގާ | އެޕިސޯޑު 1

ހިތިކަމުގާ | އެޕިސޯޑު - 1

އަހަރެންގެ އުމުރުން އެންމެ އަށް އަހަރުން ފެށިގެން ދިރިއުޅުމުގެ ކަންކަން އަހަންނަށް ދަސްވާންފެށިއެވެ. އަހަންނަކީ އެހާ ނަސީބުގަދަ މީހެއްނޫނެވެ. ދިރިއުޅުމުގައި ވަނީ އަނދިރިކަމާއި ހިތާމައެވެ. އަބަދުވެސް ހަނދާން ހުންނަނީ މަންމަގެ ނުރުހުމުގެ ބަސްތަކާއި ބައްޕަގެ ރުޅިވެރި ބެލުންތަކެވެ. އެއްބަނޑު އެއްބަފާ ދައްތަގެ މަލާމާތުގެ ބަސްތަކާއި ބާކީ ކޮށްފައިވާ މީހެއްގެ އިޙްސާސްތަކެވެ. ކުރެވުނު ކުށެއް އަހަންނަކަށް ނޭންގެއެވެ.

ގޭގައި ނޯކަރެއްހެން މަސައްކަތް ނުކުރާ ހަނދާނެއް ނުހުރެއެވެ. އެވަރުންވެސް މަންމަ ހިތްހަމަޖެހޭ އެއްކަމެއްވެސް އަހަންނަކަށް ނުކުރެވެއެވެ. މަންމަގެ ރުޅިވެރި ބަސްތަކުން އަހަރެން ރޮއްވާލައެވެ. އެކަމަކު ކިތަންމެ ވަރަކަށް ރޮޔަސް އެއްވެސް މީހަކު އަޑެއްނާހާނެ ކަން އަހަންނަށް ދަސްވިއެވެ. ބަލިވީމަ އަޅާލާނެ މީހަކު ނުހުރެއެވެ. ލާ އަންނައުނަކީ ދައްތަގެ ބާ ހެދުންތަކެވެ. ދުވަހަކުވެސް އަހަރެންނަށް ހާއްސަ އެއްޗެއް ނުލިބެއެވެ. 

އެހާލުގައިވެސް އަހަރެންގެ އުފަލަކީ އަހަރެންގެ ބޭބެ އެވެ. ބޭބެ އަކީ ވަރަށް ހެޔޮ މީހެކެވެ. މަންމަގެ ފަރާތުން ލިބޭ އަނިޔާ އިން އަހަންނަށް ކެއްކުރެވެނީ ބޭބެގެ އޯގާތެރި ބަސްތަކުންނެވެ. އެކަމަކު ބޭބެ އާއި އަހަރެންގެ ގުޅުން އޮންނަނީ މަންމަގެ ނުފޫޒުން ވަރަށް ބޮޑަށް ހިފޭއްޓިފައެވެ. ބޭބެ އަހަންނާއި ވާހަކަ ދައްކާ އުޅެނީ ސިއްރުންނެވެ. މަންމައަށް ފޮރުވައިގެން ގޭގައި ކާ މީރު އެއްޗެހި އަދި  ބަލީވީމަ ބޭސް ގެނެސްދެއެވެ.

އަހަރެންގެ އާއިލާއަކީ ފަސްމީހުންގެ ކުޑައާއިލާއެކެވެ. މާލޭގައި އުޅޭ މުއްސަނދި ނަން މަޝްހޫރު ބައެކެވެ. ބައްޕަ އަކީ ޤަދަރުވެރި ނަންހިނގާ ވިޔަފާރިވެރިއެކެވެ. މީހުން އަހަރެންގެ މަންމަ ދަންނަނީ ރީތީގެ ރާނީގެ ގޮތުގައެވެ. ޒުވާން އުމުރުގައި މަންމައަކީ ރާއްޖޭގައި ނަންވިދާލި ފިލްމްސްޓާރެކެވެ. ބައްޕައާއި މަންމަ ދިމާވީ މަންމަގެ ޕިލްމެއް ރިލީޒް ކުރި އިވެންޓަކުންނެވެ. އެއަށްފަހު ވަރަށް ލޯބިން ދެމީހުން ކައިވެނިކޮށް ތިން ދަރިން ލިބުމަށްފަހު މަންމަ ޕިލްމީ ދާއިރާއިން ވަކިވިއެވެ.

ބޭބެ އާއި ދައްތައަށް ވެސް މަންމަގެ ރީތިކަން ލިބިފައި ވެއެވެ. ބޭބެއަކީ ރީތިކަމުގެ އިތުރަށް ހިތްހެޔޮ އަދި އެހާމެ ކިޔަވަންވެސް މޮޅުމީހެކެވެ. ދައްތަ އަކީ ކިބުރުވެރި ލިބިފައިވާ ރީތިކަމަށް ނިހާޔަތަށް ފަހުރުވެރިވާ މީހެކެވެ. ދައްތަ އަހަރެންނަށްވުރެ ބޮޑީ ދެއަހަރެވެ. އަހަރެންމިއީ އާއިލާގެ އެންމެ ކުޑަމީހާއެވެ. ބޭބެއާއި ދައްތަ ކިތަންމެ ރީތިވިޔަސް އަހަންނަށް އެނަސީބެއްނެތެވެ. އަހަރެންމިއީ އެއާއިލާ މީހެކޭވެސް ނުބުނާނެއެވެ. އެހާވެސް ތަފާތެވެ. 

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. އަހަރެން ކޮޓަރިން ނުކުތީ ރީތިވެގެންނެވެ. އޭރުއަދި އަހަންނަށް އެންމެ 8 އަހަރެވެ. މަންމަ، ބައްޕަ،  ބޭބެ އަދި ދައްތަ ވަރަށް ނަލަ ހެދިލައިގެން ގެއިން ނުކުންނަންދިޔަ މަންޒަރު ފެނުނެވެ. އަހަރެންވެސް އެމީހުނާއެކު ދިއުމަށް ހިނގައިގަތީމެވެ. މަންމަ އަހަރެން ހުއްޓުވިއެވެ. އަދި އަހަރެން ނުގެންދެވޭނެއޭ ބުންޏެވެ. އަހަރެން ގޮވައިގެން މަގުމައްޗަށް ނުކުންނަން މަންމަ ލަދުގަނެއޭވެސް ބުންޏެވެ. އަހަރެން ރޮމުން މަންމަގާތުގައި އެއީ ކީއްވެތޯ ސުވާލުކުރީމެވެ. ފުރަތަމަ ފަހަރަށް މަންމަ އަހަންނަކީ ސިފަހުތުރު މީހެއްކަމަށް ބުންޏެވެ. 

އަހަރެން ވީ ދެރައިން ދުވެފައިގޮސް ކޮޓަރިއަށް ވަނީމެވެ. އަހަރެންނަށް ކުރެވުނު ކުށްހީއަކީ އަހަރެން ކޮބައިތޯ ބަލަން މަންމަ ނޫނީ ބައްޕަ އަންނާނެ ކަމަށެވެ. އެކަކުވެސް ނައެވެ. އަހަރެންގެ އެ ކުޑަކުޑަ ހިތުގައި ފުރަތަމަ ފަހަރަށް ރިއްސާލިއެވެ. އެދުވަހު ލޯގަނޑު ކުރީމަތީގައި ހުއްޓިހުރެ އަހަރެންވެސް އަހަރެންގެ ސިފައަށް ބެލީމެވެ.  ބެލިބެލިހެން މަންމަ ބުނި ވާހަކަތައް ގަބޫލުކުރެވުނެވެ…

- ނުނިމޭ -

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.