Advertisement

05 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

ރުއް އާލާކުރުމަށް ސަރުކާރުން ފެށި މަސައްކަތުން 26 ރަށެއްގައި ރުއް އިންދައިފި

ރާއްޖޭގެ  ރުއްތަކަށް ބަލިތަކެއް ޖެހުމުގެ ސަބަބުން ކާއްޓާއި ކުރުނބާ ލިބުން ވަރަށް ބޮޑަށް ދަތިވެގެންދިޔައެވެ. މިއާއިއެކު ރާއްޖެއިން ބޭރުން ކާށި އަދި ކުރުނބާ އެތެރެވެސް ކުރަން ޖެހުނެވެ. ނަމަވެސް ރާއްޖެއަކީ ޒަމާނުއްސުރެ ކާއްޓާއި ކުރުނބާ އެތެރެނުކޮށް އަމިއްލައަށް ހައްދައިގެން، ކަމުން އައި ބައެކެވެ.

މި މައްސަލަ ހައްލުކުރެއްވުމަށްޓަކައި މި ސަރުކާރުން ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފެއްޓެވިއެވެ. ފުރަތަމަ ބުރު ފަށައިގެން މިހާރު ކުރިއަށްދާއިރު މި ބުރުގައި 4،980 ރުއް ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މި ރުއްތަކުގެ ތެރެއިން 3،955 ރުއް މިހާރު ވަނީ 26 ރަށެއްގައި އިންދާފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ގްރީން ފަންޑުގެ މާލީ އެހީތެރިކަމާއެކުއެވެ.

މިނިސްޓްރީން ވިދާޅުވީ، މިހާރު ރުއް އިންދާފައިވަނީ އެކަމަށް އެދުނު ރައްތަކުގެ ތެރެއިން ބިން އޮތް ރަށްރަށުގައި ކަމަށެވެ. މީގެ އިތުރުން ރާއްޖެ ގެނައި ރުއްތަކުގެ ތެރެއިން 785 ރުއް އަދި އިންދަން އެބަހުރިކަމަށެވެ. އެހެންކަމުން ރުއް އިންދަން އެދޭ ރަށްރަށުގައި ޖާގަ އޮތް މިންވަރަކަށް ބަލައި އެ ފުރުޞަތު ދޭނެކަމަށެވެ. މިހާރު ހުރި ރުއްތައް އިންދާ ނިމުމުން އިތުރު ރުއް އިންދުމަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އެގްރިކަލްޗަރ މިނިސްޓްރީން ލަފާކުރަނީ މިހާރު އިންދާފައިވާ ރުއްތަކުން 2 ނުވަތަ 3 އަހަރުތެރޭ ކުނރުބާ ލިބި، ނަފާ ހޯދަން ފެށޭނެކަމަށެވެ. އެ މިނިސްޓްރީގެ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ވެސް ރުއްދަނޑުތައް ހެއްދުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.