Advertisement

ފޮޓޯ: އާބަންކޯ

04 Aug 2023
ޚަބަރު
ޝިފްނާ އަޙްމަދް

މި އަހަރުގެ ”މިނިވަން އުފާ“ - އެންމެންނަށް އުފާކޮށްލެވިއްޖެ

މިއަހަރުގެ ނިމިވަން ދުވަސް ފާހަގަކުރުމަށް ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "މިނިވަން އުފާ މުޅި ރާއްޖެއިން" މި ޝިޢާރެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް ރޭ ނިންމާލާފައިވާއިރު ފެނިގެންދިޔައީ ހަފްތާއަކަށްވުރެ ދިގު ދެމިގެންދިޔަ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި މިއަހަރު މުޅި ރާއްޖެއިން ކުދި ބޮޑު އެންމެން ވަރަށް އުފާވެރިކަމާއިއެކު ބައިވެރިވިތަނެވެ.  މިއީ ކޯވިޑް-19އާއި ގުޅިގެން ތިންއަހަރުގެ މެދުކެނޑުމަކަށްފަހު މިނިވަން ދުވަހުގެ ޙަރަކާތްތައް މިހާ ކުލަގަދަކޮށް ފާހަގަކުރި ފުރަތަމަ ފަހަރެވެ.

ހަރަކާތްތައް ފެށީ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ބޭއްވި ރަސްމީ ބައްދަލުކޮށްލެވުމަކުންނެވެ. އެހެން އަހަރުތަކެކޭ އެއްގޮތައް ޖުލައި 26ވަނަ ދުވަހުގެ ހެނދުނު 6:00 ގައި ގައުމީ ދިދަ ނެގުމުގެ ރަސްމިއްޔާތު ރާއްޖޭގެ ހުރިހާ ރަށެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މާލޭގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ދެކަނބަލުން ވަނީ ބައިވެރިވެޑައިގެންފައެވެ. އައްޑޫ ސިޓީގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްޙޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގަތެވެ. މިނިވަން ދުވަހާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތައް ފެށުނީ ޖުލައި 26ވަނަ ދުވަހުގެ ރޭ ބޭއްވި މިނިވަންދުވަހުގެ ހެވިކަމާއި ކުޅިވަރުތަކާއެކުއެވެ. ގަލޮޅުދަނޑުގައި ބޭއްވި ހެވިކަމުގެ ކުޅިވަރުތަކުގައި ޖުމްލަ 9 ހުށަހެޅުމެއް ވަނީ ދައްކާލާފައެވެ.

މިނިވަނދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ޕެރޭޑް އޮތީ 27 ވަނަ ދުވަހު ހަވީރުއެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ދިޔަ މިޕެރޭޑްގައި އެމްއެންޑިއެފްއާއި، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޕެރޭޑާއި ރޫޓް މާޗްވަނީ ކުރިއަށް ގެންގޮސްފައެވެ. މާލޭގެ ބޮޑެތި މަގުތަކެއްގައި ކުރިއަށްގެންދިޔަ މި ރޫޓްމާޗް ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު މާލޭގެ މަގުތަކަށް ވަނީ ނުކުމެފައެވެ. މިނިވަންދުވަހާ ގުޅުވައިގެން ބޭއްވި ފުޅަނދުބުރުގެ ހަރަކާތް އޮތީ 27 ވަނަ ދުވަހުގެ ރޭ މާލޭގައެވެ. މިއަހަރު ފުޅަނދު ބުރުގައި ސަރުކާރުގެ މުއައްސަސާތަކާ ކުންފުނިތައް ހިމެނޭހެން 8 ތަނަކުން 15 ފުޅަނދެއްވަނީ ދައްކާލާފައެވެ.

އަދި ޖުލައި 29 އިން އޮގަސްޓް 3 ވަނަ ދުވަހަށް ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި "މިނިވަން އުފާ" ކާނިވާ ކުރިއަށްގެންގޮސްފައެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އެއް ކާނިވަލެވެ.

މި ކާނިވަލަށް އާންމުންގެ ގިނަ އަދަދެއްގެ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. ރޭ މި ކާނިވާ ނިންމާލާފައިވަނީ ބަޑިބޭހުގެ ހަރަކާތްތަކާއިއެކުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.