Advertisement

މިނިވަން އުފާ ކާނިވަލުގެ ތެރެއިން ---

04 Aug 2023
ޚަބަރު
ޢަލީ ސުލައިމާން

މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް ނިންމާލައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރުމުގެ މުނާޞަބަތާއި ގުޅުވައިގެން ކުރިޔަށް ގެންދިޔަ، މިނިވަން އުފާ ކާނިވާ ނިންމާލައިފިއެވެ. 

މިނިވަން އުފާ ކާނިވާ ކުރިޔަށް ގެންގޮސްފައި ވަނީ، ޖުލައި 29 އިން އޮގަސްޓް 3 އަށެވެ. ތަފާތު ގިނަ ކުޅިވަރުގެ ހަރަކާތްތަކާއި އެކު ކުރިޔަށް ގެންދިޔަ މިނިވަން އުފާ ކާނިވަލް ނިންމާލުމުގެ ގޮތުންވެސް ރޭ ވަނީ ހަވާއަރުވާފައެވެ.

ޖުލައި 29 ވަނަ ދުވަހުގެ ރޭ މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ. ކާނިވާ ހުޅުވިރޭގައިވެސް ހަވާ އަރުވާފައި ވާއިރު، އެރޭ ދައްކާލި ޑްރޯން ޝޯ އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ފުރިހަމަ ޑްރޯން ޝޯ އެވެ. ޑްރޯން ޝޯގައި 300 ޑްރޯން ބޭނުންކޮށްފައިވެއެވެ.

ކާނިވާ ހުޅުވިރޭ މޫސުމް ތަން ނުދިނުމުގެ ސަބަބުން އެރޭ ބާއްވަން ހަމަޖައްސާފައި އޮތް، ރެޑް ބުލް ޕެރަމޮޓޯ ހަރަކާތް ދައްކާލާފައި ވަނީ ޖުލައި 30 ވަނަ ދުވަހުގެ ރޭގައެވެ.

މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދިޔަ ފުޅަނދު ބުރުގައި ބައިވެރި ކުރި ފުޅަނދުތައްވެސް، ކާނިވާ ކުރިޔަށް ދިޔައިރު ސެންޓްރަލް ޕާކުގައި ދައްކާލާފައިވެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒާއި އާބަންކޯ ގުޅިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށް ގެންދިޔަ މިނިވަން އުފާ ކާނިވަލަށް، އެތައްހާސް ބަޔަކު ޒިޔާރަތްކުރިއެވެ.

މިއީ 2019 ވަނަ އަހަރު ކުރިމަތިވި، ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމަށްފަހު ރާއްޖޭގައި އެންމެ ކުލަގަދަކޮށް މިނިވަން ދުވަހުގެ ހަރަކާތްތައް ފާހަގަކުރި އަހަރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.