Advertisement

އިސްލާމީ މަރުކަޒު --

20 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

އެންމެ ހެޔޮ އަމަލުގެ ތެރެއިން ފުރަތަަމަކަމަކީ މުސްލިމުންނަށް އުފާވެރިކަން ހޯދައިދިނުން: ހުކުރު ޚުޠުބާ

އެންމެ ހެޔޮ ޢަމަލުގެ ތެރެއިން ފުރަތަމަ ކަމަކީ މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައި ދިނުން ކަމުގައި މިއަދު ޙުކުރު ޚުޠުބާގައި ބުނެފިއެވެ.

"އެންމެ މަންފާހުރި މީހާ" މި މައުލޫއަށް މިއަދު މުޅި ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގައި ބުނެފައި ވަނީ، ރަޞޫލާގެ ޙަދީޘްފުޅުން ހާމަވާ ގޮތުގައި ހެޔޮ އަމަލުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައި ވަނީ، މުސްލިމުންގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމަށެވެ. އެގޮތުން އެންމެ އިސްކަން ދޭންޖެހޭނީ ތިމާގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި އަވައްޓެރީންނަށްކަންވެސް ނަބިއްޔާގެ ޙަދީޘުން އެނގޭ ކަމުގައި ޚުޠުބާގައި ބުނެފައިވެއެވެ. މިގޮތުން އެމީހުންގެ ހިތްތައް ބާއްޖަވެރިކޮށް ހިނިތުންވުން ގެނެސްދިނުމަށް މަސައްކަތް ކުރުމަށާއި، އެމީހުންނަށް ނުރުހުންތެރިކަން ފާޅުނުކުރުން ޚުޠުބާގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ޚުޠުބާގައި ބުނެފައި ވަނީ، ދެވަނައަށް އެންމެ ހެޔޮ ޢަމަލަކީ މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދިނުން ކަަމަށެވެ.  އަދި ދުނިޔެއާ އާޚިރަތުގައި ކުރިމަތިވެދާނޭ މުޞީބާތަކުން ނަޖާކޮށްދެއްވުން އެދޭނަމަ، މީސްތަކުންނާއި ކުރިމަތިވާ މުޞީބާތްތަކުން އެމީހުން ނަޖާކޮށްދިނުމަށް މަސައްކަތްކުރުމަށްވެސް ހުކުރު ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

އަދި ދުނިޔޭގައި މުއުމިނަކު މުސީބާތަކުން ޞަލާމަތްކޮށްދީފި މީހާގެ ކިބައިން ޤިޔާމަތް ދުވަހުގެ މުޞީބާތެއް ލުއިކޮށްދެއްވާނެ ކަމަށާއި، އަތްމަތި ދަތި މީހަކަށް ލުއިކޮށްދިން މީހަކަށް، އާޚިރަތުގައި ﷲ ލުއި ފަސޭހަކޮށްދެއްވާނޭ ކަމުގައިވެސް ނަބިއްޔާގެ ޙަދީޘުން ސާބިތުވާކަމަށްވެސް ޚުޠުބާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، މުސްލިމަކު ފަޟީހަތް ނުކޮށް އޭނާގެ ޢައިބުތައް ވަންހަނާކޮށްދިން މީހާ، ދުނިޔެއާ އާޚިރަތުގައިވެސް މާތްﷲ އެމީހަކު ފަޟީހަތް ނުކުރައްވާނެ ކަމުގައި ހުޠުބާގައި ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.