Advertisement

31 Jul 2023
ޚަބަރު
މިފްތާޙް މުޙައްމަދު

މިދިޔަ އަހަރުގެ ފުރަތަމަ 6 މަހާއި އަޅާބަލާއިރު އެސްޓީއޯއަށް 366 މިލިއަންގެ ކުރިއެރުމެއް

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެ ކުންފުނީގެ ދެވަނަ ކުއާޓާގެ މާލީ ހިސާބުތައް ޖުލައި 30 ގައި އާންމު ކުރިއިރު, މިދިޔަ އަހަރުގެ ފުރަތަމަ 6 މަހާއި މި އަހަރުގެ އެ މުއްދަތާއި އަޅާކިޔާއިރު, މި އަހަރު ސާފުއިން 366 މިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބިއްޖެއެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޓެކްސްއަށް ކެނޑުމަށޤފަހު ޖުމްލަ ފައިދާގެ ގޮތުގައި 671 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ދެވަނަ ކުއާޓާއަށް ބަލާލާއިރު, ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 804 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓާއާއި އަޅާ ބަލާއިރު 1 އިންސައްތައިގެ ދަށްވުމެކެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި މި ކުއާޓާގައި ލިބިފައިވަނީ 428 މިލިއަން ރުފިޔާއެވެ. މިއީ ފުރަތަމަ ކުއާޓާއާއި އަޅާ ބަލާއިރު 15 އިންސައްތައިގެ ދަށްވުމެކެވެ.

މި ކުއާޓާގެ ފައިދާއަށް ބަލާލާއިރު, ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 373 މިލިއަން ރުފިޔާއެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު 303 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ފުރަތަމަ ކުއާޓާއާއި އަޅާ ބަލާއިރު 18 އިންސައްތައިގެ ދަށްވުމެކެވެ.

އެސްޓީއޯއިން ހާމަ ކޮށްފައިވާ ގޮތުގައި, ދެވަނަ ކުއާޓާގެ އާމްދަނީ ދަށްވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާއި ގުޅިގެން އެ ކުންފުނިން ވިއްކި ތެލުގެ އަގު ކުޑަ ކުރުމުންނެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.