Advertisement

27 Jul 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

ލިވަޕޫލްގެ އެންމެ ކާމިޔާބު ކެޕްޓަން ސައުދީ ލީގަށް ބަދަލުވެއްޖެ

އިނގިރޭސިވިލާތުގެ ލިވަރޕޫލް ފުޓްބޯޅަ ކްލަބްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ސައުދީ ޕްރޯލީގުގެ އަލް އިއްތިފާގް އަށް ބަދަލުވެއްޖެއެވެ. ހަބަރުތައް ބުނާ ގޮތުން، އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ލިވަރޕޫލަށް ގިނަ މެޗުތަކެއް ކުޅެދީ، ގިނަ ދުވަހު ކެޕްޓަނެއްގެ މަގާމް އަދާކޮށްފައިވާ ސްޓީވެން ޖެރާޑް ކޯޗު ކޮށްދެމުން އަންނަ މި ޓީމަށް ހެންޑަސަން ބަދަލުވީ 3 އަހަރުގެ ކޮންޓްރެކްޓެއްގައި 15.4$ މިލިއަން އަށެވެ.

އުމުރުން 33 އަހަރުގެ ހެންޑަސަންއަށް، އަލްއިއްތިފާގުން ހަފްތާއަކު 917,000$ އާއި ގާތްކުރާ މުސާރައެށް ދިނުމަށް އެއްބަސްވެފައިވެއެވެ.

ހެންޑަސަންގެ މި ބަދަލާއި ގުޅިގެން، ލިވަރޕޫލްގެ ކޯޗު ޖާގަން ކްލޮޕް ބުނެފައިވަނީ، މި ބަދަލު ވެގެން ގޮސްފައިވަނީ އޭނާއަށް ވެސް ވަރަށް އުނދަގޫ ކަމަކަށެވެ. އަދި މިއީ ހެންޑަސަންއަށް ވެސް ފަސޭހަ ނިންމުމެން ނޫން ކަމަށާއި، އޭނާ ލިވަޕޫލުން ވަކިވެ ދިޔަޔަސް، އޭނާގެ ހަނދާންތައް އަބަދުވެސް މުޅި ޓީމާއެކު ވާނެ ކަމަށް ބުންޏެވެ.

ހެންޑަސަން އަލްއިއްތިފާގަށް ބަދަލުވުމުގައި ޖެރާޑުގެ ވަރަށް ބޮޑު ހިއްސާއެއް ވާކަމަށް ހަބަރުތައް ބުނެއެވެ.

ހެންޑަސަންއަކީ 2011 ވަނަ އަހަރު ސަންޑަލޭންޑުން ލިވަރޕޫލަށް ބަދަލުވި ކުޅުންތެރިއެކެވެ. އަދި ލިވަރޕޫލްގެ ކެޕްޓަންގެ ގޮތުގައި އޭނާ ހަމަޖައްސާފައިވަނީ 2015 ވަނަ އަހަރު، ޖެރާޑު އެޓީމް ދޫކޮށްދިއުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.