Advertisement

ގޮއްވާލާފައިވާ ސަރަހައްދަކުގެ ތެރޭގައި ފަލަސްތީނުގެ އަންހެނަކު ކުޑަ އަންހެން ކުއްޖަކު ގޮވައިގެން ދަނީ، ފޮޓޯ: ރޮއިޓާސް

13 Aug 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ކައިވެންޏަށް މާ ގިނަ ދުވަހެއް ނުވަނީސް ހަނގުރާމައިގެ ސަބަބުން ފިރިމީހާއާ ދުރަށް ދާން ޖެހުނު ރަހީލް ހުރީ ނާއުއްމީދެއްގައި

އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފެށުމާ ގުޅިގެން، ގާޒާ ސިޓީގައި ދިރިއުޅެމުން ދިޔަ އާއިލާތަކުން ނިންމަން ޖެހުނު އުނދަގޫ އެއް ނިންމުމަކީ، އިޒްރޭލުން "ސޭފް ޒޯން" ތައް ކަމަށް ކަނޑައަޅާފައިވާ ތަންތަނަށް ބަދަލުވުމާ ދޭތެރޭ ނިންމަންޖެހުނު ނިންމުމެވެ.

އެގޮތުން "ސޭފް ޒޯން" ކަމަށް ބުނަމުން ދިޔަ ގާޒާގެ ދެކުނަށް ދިއުމަށް އިޒްރޭލުން އަމުރު ކުރަމުން ދިޔައެވެ. އަދި މިއީ ބައެއް އަނބިންނަށް އެމީހުންގެ ފިރިން ދޫކޮށްލަންޖެހުނު ނިންމުމަކަށް އިޒްރޭލުން ހެދިއެވެ.

އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުން، އިޒްރޭލު ސިފައިން ވަނީ ގާޒާގެ އުތުރާއި އަދި ދެކުނާއި ގުޅުވާދޭ ސަލާހް އަލް-ޑިން މަގާއި، އަލް-ރަޝީދު މަގުގައި ޗެކްޕޮއިންޓުތައް ގާއިމްކޮށް، އެ މަގުތަކުން ދަތުރުކުރުން މަނާކޮށްފައެވެ. އެހެންކަމުން "ސޭފް ޒޯން" ކަމަށް ބުނެގެން ދެކުނަށް ދިޔަ މީހުންނަށް މިހާރު އުތުރަކަށް ނުދެވެއެވެ. އަދި އުތުރުގައި މަޑުކުރި މީހުންނަށް މިހާރު ދެކުނަކަށް ނުދެވެއެވެ.

މިގޮތަށް އާއިލާތައް ދެބައިކޮށް، ހާލުގައި ޖެއްސާފައިވުމުން ފަލަސްތީނުގެ ރައްޔިތުން ތިބީ ބިރުވެރިކަމުގެ އިތުރުން، އާއިލާތައް ބައިބައިކޮށްފައިވުމުގެ ސަބަބުން އެކަމާ ހިތް ނުތަނަވަސް ވެފައެވެ. އެގޮތުން ރަހީލް، 27، އަކީ އިޒްރޭލުގެ ނުބައި ރޭވުމާއި ގުޅިގެން ފިރިމީހާއާ ދުރުގައި އުޅެން ޖެހިފައިވާ އެކަކެވެ.

ހަނގުރާމަ ފެށުނު އިރު ރަހީލް އާއި އާބިދު ކައިވެންޏަށް ވެފައިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަހެވެ. ރަހީލް އާއި އޭނާގެ އެއްބަނޑަށް ތިބޭ ފަސް އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނާއި އަދި އެ ކުދިންގެ މަންމަ، ނަސޭރު ކިޔާ އަވަށަކަށް ބަދަލުވީ، ގާޒާގެ އުތުރުގައި އިޒްރޭލު ސިފައިން ވަރުގަދަ އޮޕަރޭޝަނެއް ޖައްސަން ތައްޔާރުވާކަމަށް އެންގުމުން، އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ރަހީލް ގޭގައި މަޑުކުރަން ބޭނުންވި ނަމަވެސް، އޭނާގެ ބައްޕަ ބޭނުންވީ އެންމެން ބަދަލުވާށެވެ. އެގޮތުން ރަހީލްގެ ބައްޕަ އާއި އޭނާގެ ފިރިމީހާ އާބިދު މަޑު ކުރުމަށްފަހު ދެން ތިބި މީހިން ބަދަލުވީ ބޮޑު ދައިތައެއްގެ ގެއަށެވެ. އާބިދު މަޑުކުރީ އޭނާގެ މުސްކުޅި މައިންބަފައިން ގޮވައިގެން ވަގުތުން ވަގުތަށް ބަދަލުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެތީއެވެ. ނަމަވެސް އުއްމީދުކުރީ ވަރަށް އަވަހަށް ރަހީލްގެ ކައިރިޔަށް ދިއުމަށެވެ.

ނަމަވެސް ރަހީލް އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއެކު ބަދަލުވީފަހުން، ގާޒާގެ މުވާސަލާތީ ގުޅުމަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. އެހެންކަމުން ދެމީހުންގެ ގުޅުން އެއްކޮށް ކެނޑިގެން ދިޔައެވެ. އަދި އޭގެ ފަހުން ރަހީލްއަށް އޭނާގެ ބައްޕަގެ ހަބަރެއް ވެސް ނޭންގެއެވެ.

ރަހީލްއާއި އާބިދު ވެސް ހީކުރީ، އެ ދެ މީހުންގެ އެ ވަކިވުމަކީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް ކަމަށެވެ. އަދި ހަނގުރާމަ މިހާ ދިގުލާދާނެކަމަކަށް އެކަކު ވެސް ހިޔެއް ނުކުރެއެވެ.

އިޒްރޭލުން ބުނި ގޮތާ ހިލާފަށް، ދެކުނަށް ބަދަލުވުމަކުން ލިބުނު ސަލާމަތްތެރިކަމެއް ނެތެވެ. އެ ދިރިއުޅުމުގައި އޮތީ ބިރުވެރިކަމާ ނާއުއްމީދެވެ. އެ ދިރިއުޅުމުގައި އޮންނަނީ އެއް ވަގުތީ ހިޔަލުން އަނެއް ވަގުތީ ހިޔަލަށް ބަދަލުވުމެވެ. އަދި އެ ދިރިއުޅުމުގައި އޮންނަނީ، ނުކަތާ ވަރަށް މީހުން ތިބެންޖެހޭ ޓެންޓުތަކުގައި ދުވަސްތައް ހޭދަކުރުމެވެ.

ރަހީލް އާއި އޭނާގެ އާއިލާ ގާޒާ ސިޓީއިން ފެށި ދަތުރުގައި ފުރަތަމަ މަޑުކުރީ ޚާން ޔޫނިސްގައެވެ. އެއަށްފަހު ރަފަހް އިން އަލް-މަވާސީއަށް ވެސް ބަދަލުވާން ޖެހުނެވެ. އަދި އަނެއްކާ މިހާރު ތިބީ ޚާން ޔޫނިސްގައެވެ.

ފިރިމީހާ އާއި ބައްޕައާ ދުރަށް ދާން ޖެހި، އެމީހުނާއި ގުޅޭނެ ގޮތެއް ނެތުމުން އަބަދު ވެސް އެ ނޫން ހިޔާލެއް ރަހީލްއަކަށް ނުކުރެވެއެވެ. ކާން ނުލިބުމާ، އިޒްރޭލު ސިފައިންގެ އަނިޔާވެރިކަމާ، އެކަހެރިކޮށް ބަންދު ކުރުމުގެ ބިރުވެރިކަމާއެކީ، ރަހީލް ވަނީ އޭނާގެ އަމިއްލަ ނަފްސަށް ވުރެން އެމީހުންގެ ފިކުރުގައި މާބޮޑަށް ހާސްވެ ގޮތް ހުސްވެފައެވެ.

އަލްޖަޒީރާއާ ވާހަކަ ދައްކަމުން ރަހީލް ބުނެފައި ވަނީ، އެމީހުންގެ ހާލަތު ނޭންގި ދުވަސްތައް ހޭދަކުރަން ޖެހުމަކީ، ބުނެދޭން ނޭންގޭ ހިތްދަތިކަމެއް ކަމަށެވެ. އަދި ބޮން ގޮވާ އަޑަކީ އެމީހުން ތިބޭނެ ބިރުވެރިކަން އަބަދު ވެސް ހިތަށް ގެނުވާ ކަމެއްކަމަށް އޭނާ ބުންޏެވެ.

ކަންތައްތައް މި ހާލަތުގައި އޮތް ނަމަވެސް، ރަހީލް މަސައްކަތް ކުރަމުންދަނީ އޭނާގެ މަންމައާއި، އަދި ކައިރީގައި ތިބި އެއްބަނޑު ކުދިންނަށް އެހީތެރިވުމުގައެވެ. އުއްމީދަކީ ކޮންމެ ވެސް އެއް ދުވަހަކުން ފިރިމީހާއާއި ބައްދަލުވުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.