Advertisement

12 Aug 2024
ޕެރިސް އޮލިމްޕިކްސް 2024
މިފްތާޙް މުޙައްމަދު

ޗައިނާ އާއި އެމެރިކާއަށް އެއްވަރަކަށް ރަން މެޑަލް ލިބުނު ނަމަވެސް، އޮލިމްޕިކްސްގެ އެއްވަނަ އެމެރިކާއަށް

ފްރާންސްގެ ޕެރިހުގައި ކުރިޔަށް ދިޔަ އޮލިމްޕިކްސް ގޭމްސްގެ އެއްވަނަ އެމެރިކާއިން ހޯދައިފިއެވެ.

ޕެރިސް 2024 އޮލިމްޕިކްސް އާދީއްތަ ދުވަހު ނިމުމަކަށް އައިއިރު، މެޑަލް ޓޭބަލްގެ އެއްވަނައަށް ވާދަކުރީ ޗައިނާ އާއި އެމެރިކާއެވެ. މި ދެ ގައުމަށް ވެސް ލިބިފައި އޮތީ 40 ރަން މެޑަލްއެވެ. ނަމަވެސް މެޑަލް ޓޭބަލްގެ ރޭންކިންގ އަށް ފަރަގު ގެނައީ، އެމެރިކާއިން ޗައިނާއަށް ވުރެން ގިނައިން ރިހި މެޑަލް ހޯދާފައިވާތީއެވެ.

އެމެރިކާއަށް ޗައިނާއާ އެއްވަރަށް ރަން މެޑަލް ކަށަވަރު ކުރެވުނީ، އަންހެނުންގެ ބާސްކެޓުބޯޅަ ގޭމްސްއިންނެވެ. އަންހެނުންގެ ބާސްކެޓު ބޯޅަ ފައިނަލުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗު އެމެރިކާއިން ކާމިޔާބުކުރީ ހަނި ތަފާތަކުން، 66-67 ޕޮއިންޓުންނެވެ. މިއީ އެމެރިކާއިން އޮލިމްޕިކްސްގެ އަންހެން ބާސްކެޓު ބޯޅަ ގޭމްސް ޖެހިޖެހިގެން ކާމިޔާބުކުރި 8 ވަނަ ފަހަރެވެ.

މި ފަހަރަކީ ގައުމުން ބޭރުގައި ޗައިނާއިން އެންމެ ގިނަ މެޑަލް ކާމިޔާބު ކުރި ފަހަރެވެ. އަމިއްލަ ގައުމުގައި ބޭއްވި އެލިމްޕިކްސްގައި ޗައިނާ އިން 100 މެޑަލް ހޯދާފައިވާއިރު، ޕެރިހުގައި އެ ގައުމުން ވަނީ 91 މެޑަލް ކާމިޔާބު ކޮށްފައެވެ.

އޮލިމްޕިކްސްގެ މެޑެލް ތާވަލް، ގަދަ ފަހެއް:

1-    އެމެރިކާ: ރަން 40، ރިހި 44، ލޯ 42، ޖުމްލަ 126

2-    ޗައިނާ: ރަން 40، ރިހި 27، ލޯ 24، ޖުމްލަ 91

3-    ޖަޕާން: ރަން 20، ރިހި 12، ލޯ 13، ޖުމްލަ 45

4-    އޮސްޓްރޭލިޔާ: ރަން 18، ރިހި 19، ލޯ 16، ޖުމްލަ 53

5-    ފްރާންސް: ރަން 16، ރިހި 26، ލޯ 22، ޖުމްލަ 64

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.