Advertisement

ޔޫރޯ ކާމިޔާބު ކުރުމަށްފަހު ސްޕެއިން ކުރިޔަށް ގެންދިޔަ އުފާ ފާޅު ކުރުމުގެ އިވެންޓުގެ ތެރެއިން

20 Jul 2024
ޔޫރޯ 2024
މިފްތާޙް މުޙައްމަދު

އިނގިރޭސިވިލާތާއި ސްޕެއިންގެ ދާޚިލީ މައްސަލައަކާ ގުޅުވައި ކުރި "ޗޭންޓް" އާ ގުޅިގެން މޮރާޓާ އާއި ރޮޑްރީއަށް ސަސްޕެންޝަނެއް އަތުވެދާނެ

ފައިނަލުގައި އިނގިރޭސީން ބަލިކޮށް، ޔޫއެފާ ޔޫރޯ ހަތަރު ވަނަ ފަހަރަށް ކާމިޔާބު ކުރުމަށްފަހު ބޭއްވި އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން، ސްޕެއިންގެ ކެޕްޓަން، އަލްވާރޯ މޮރާޓާ އާއި އެ ޓީމުގެ މިޑްފީލްޑަރ، ރޮޑްރީގޯ ހެނާންޑޭޒް ކަސްކާންޓޭ (ރޮޑްރީ)، "ޗޭންޓް" ކުރި އިރު ބުނި ބަސަތަކަކުން، އެ ދެ ކުޅުންތެރިން ހޫނު ފެނަށް ވެއްޓިއްޖެއެވެ.

މައްސަލަ ފެންމަތިވީ، މި ދެ ކުޅުންތެރިން ވެސް "ޗޭންޓް" ކުރި އިރު، ސްޕެއިން އާއި އިނގިރޭސިވިލާތުގެ ދާޚިލީ މައްސަލައަކާ ގުޅޭ ގޮތުން ބަސް ބުނުމުންނެވެ. އެގޮތުން، މި ކުޅުންތެރިން ބުނެފައިވަނީ ޖިބްރާލްޓާ އަކީ ސްޕެއިންގެ ބައެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޔޫއެފާ އިން ބުނެފައިވަނީ، ދެ ގައުމެއްގެ ދޭތެރޭގައި އޮތް މިފަދަ މައްސަލައެއްގައި ފުޓުބޯޅަ ހަރަކާތެއްގެ ތެރެއިން ފާޑު ކިޔުމަކީ އެ އިދާރާގެ ގަވާއިދުތަކާ ހިލާފުކަމެއް ކަމަށެވެ. އަދި މި މައްސަލަ ބެލުމަށް، ޔޫއެފާގެ އެތިކްސް އެންޑް ޑިސިޕްލިނަރީ އިންސްޕެކްޓާރ އެއް ވަނީ އައްޔަންކޮށްފައެވެ. މި މައްސަލައިގައި ދެ ކުޅުންތެރިން ދެ މެޗަށް ސަސްޕެންޑު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް، ރިޕޯޓުތައް ބުނެއެވެ.

ޖިބްރާލްޓާއަކީ ފާއިތުވި ތިން ގަރުނެއްހާ ދުވަހު ވެސް އިނގިރޭސީންގެ އިސްތިއުމާރުގައި އޮންނަ އެ ގައުމުގެ އޯވަސީސް ޓެރިޓަރީއެކެވެ. ނަމަވެސް، ޖިބްރާލްޓާ އޮންނަނީ ސްޕެއިންގެ ދެކުނު ބިތުގައެވެ. އެ ތަނަކީ ސްޕެއިންގެ ތަނަކަށް ހެދުމަށް އަބަދުވެސް އެ ގައުމުން މަސައްކަތް ކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އިނގިރޭސީންނާ ސްޕެއިން އޮތީ މި ތަނުގެ މައްސަލައިގައި ވަރަށް ބޮޑަށް ދެބަސްވެފައެވެ. އަދި އިނގިރޭސީން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމާ ގުޅިގެން މި މައްސަލަ އިތުރަށް ގޯސްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.