Advertisement

24 Jul 2023
ކުޅިވަރު
މިފްތާޙް މުޙައްމަދު

"ސެކަންޑް ސްކިން" ދޫކޮށްލުމަށްފަހު ޒަހާ ގަލަޓަސަރާއިއަށް

އިނގިރޭސި ޕްރިމިއަލީގު ކްރިސްޓަލް ޕެލެސްއަށް މެދުނުކެނޑި އަށް ސީޒަން ކުޅުމަށްފަހު, އެޓީމުގެ އެޓޭކްގައި މުހިންމު ދައުރެއް އަދާކުރަމުން ދިއަ އައިވަރީ ކޯސްޓްގެ ކުޅުންތެރިޔާ, ވިލްފްރައިޑް ޒަހާ, ތުރުކީގެ ގަލަޓަސަރާއި އަށް ބަދަލުވެއްޖެއެވެ. އެ ޓީމަށް ޒަހާ ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން, އެއްވެސް ޓްރާންފަރ ފީ އަކާ ނުލައެވެ. ބެލެވޭ ގޮތުގައި މިއީ އެ ޓީމު މި ސީޒަނުގައި ޔޫރަޕްގެ އެންމެ ޝަރަފްވެރި މުބާރާތް ކަމުގައިވާ, ޔޫއެފާ ޗެމްޕިއަންސް ލީގު ކުޅުމަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން ސްކޮޑަށް އިތުރު ކުރި ކުޅުންތެރިއެކެވެ.

ޒަހާ ހޯދުމުގެ ބިޑް ގަލަޓަސަރާއި އިން މި ކާމިޔާބު ކުރީ އެހެން ބޮޑެތި ކުލްބުތަކުންނާއި, ސައުދީ ލީގުގެ ހުށަހެޅުމެއް ވެސް އޭނާއަށް ލިބިފައިވަނިކޮށެވެ. އަދި ޕެލެސްގައި އިތުރަށް މަޑުކުރުވުމަށް އެ ޓީމުން ވެސް މަސައްކަތްކޮށްފައިވާކަމަށް ހަބަރުތައް ބުނެއެވެ. އެގޮތުން ޕެލެސްއިން ވަނީ ހަފްތާއަކު 20,000 ޕައުންޑުގެ މުސާރައެއް ހުށަހަޅާފައެވެ.

ޒަހާ އޭނާގެ ޕްރޮފެޝަނަލް ކެރިއަރ ފަށާފައިވަނީ 2010 ވަނަ އަހަރު ކްރިސްޓަލް ޕެލެސް އިންނެވެ. އަދި 2013 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުގެކުރިން, އެ ޓީމަށް 110 މެޗު ކުޅެދީ 12 ގޯލު ކާމިޔާބު ކުރިއެވެ. މެންޗެސްޓަރ ގައި އެހާ އެދެވޭ ކުޅުމެއް ނުކުޅެވި, ހަމަ އެ އަހަރު މެންޗެސްޓަރ އިން އޭނާ ކްރިސްޓަލް ޕެލެސްއަށް ލޯނު އެއްބަސްވުމެއްގެ ދަށުން ދޫކުރިއެވެ. އަދި މި މުއްދަތު ނިމުމުން ޒަހާ ވަނީ ދާއިމީކޮށް އަނެއްކާވެސް ޕެލެސްއަށް ބަދަލުވެފައެވެ. އެއީ 2015 ވަނަ އަހަރުއެވެ. އަދި އެއަށްފަހު ޒަހާ ވެގެން ގޮސްފައިވަނީ ޕެލެސްގެ މުހިންމު ކުޅުންތެރިއަކަށެވެ. މި މުއްދަތުގައި އޭނާ ވަނީ ޕެލެސްއަށް 275 މެޗު ކުޅެދީ, 67 ގޯލު ކާމިޔާބު ކޮށްފައެވެ.

ގަލަޓަސަރާއި އަށް ބަދަލުވިކަން އިއުލާން ކުރުމުގެ ގޮތުން ޒަހާ ވަނީ އާދިއްތަ ދުވަހުގެ ރޭ, އިންސްޓަގްރާމް މެދުވެރިކޮށް ޕެލެސްގެ ސަޕޯޓަރުންނަށް ޖަޒުބާތުން ފުރިގެންވާ މެސެޖެއް ފޮނުވާފައެވެ. އެ މެސެޖުގައި ބުނެފައިވާގޮތުން, އެނާގެ އުމުރުން 8 އަހަރުން ފެށިގެން އޭނާގެ "ސެކަންޑް ސްކިން" އަކީ ޕެލެސްގެ ޖާޒީއެވެ. އަދި އޭނާ ބޮޑުވީ ޕެލެސްގެ ސަޕޯޓަރުންގެ އަޑު އަބަދުވެސް އިވެމުން ދިޔަ ހިސާބެއްގައިކަމަށް ވިޔަސް, ޕެލެސްގެ ސަޕޯޓަރުންގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ހުއްޓޭނެ ހިސާބަށް އާދެވޭނެކަމަކަށް ދުވަހަކުވެސް އޭނާ ހީކޮށްފައި ނުވާކަމަށް އެ މެސެޖުގައި ވެއެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.