Advertisement

ދުނިޔެ، އަދި ސައިންސްވެރިންނަށް ހޯދުނު ދުނިޔެއާ އެއްގޮތް ޕްލެނެޓް --

07 Jul 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ދުނިޔެ ނޫނަސް ކާއިނާތުގެ އެހެން ޕްލެނެޓެއްގައި ދިރުންތައް ވާކަމަށް ބެލެވޭ!

ދުނިޔޭގެ އެކިކަންކޮޅުތަކުގައި އިންސާނުން ދިރިއުޅެމުން ދިޔަ ޤަދީމި ޒަމާނުގައިވެސް އިންސާނުންނަށް ހީކުރެވިފައި އޮތީ ދުނިޔޭގައި ދިރިއުޅޭ ބަޔަކީ ހަމައެކަނި އެބައިމީހުން ކަމަށެވެ. އެހެން ނަމަވެސް ދުނިޔޭގެ ހަޟާރަތްތައް ކުރިއަރަމުން އެއްބަޔަކަށް އަނެއް ބައެއްގެ މައުލޫމާތު އެނގެމުން އައިސް މީލާދުގެ 20 ވަނަ ޤަރުނު ނިމުނީ، ދުނިޔޭގެ ބައްރުތަކުގައި ދިރިއުޅޭ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފްވެގެންނެވެ.

އެހެންނަމަވެސް ޓެކްނޮލޮޖީއާއެކު 1900ގެ މެދުތެރޭގައި ފުޅާވާން ފެށި ޖައްވީ ހޯދުންތަކުގައިވެސް ޖަވާބު ހޯދަން ބޭނުންވި އެންމެ މުހިއްމު ސުވާލަކީ، މިކާއިނާތުގައި އިންސާނުންނާއި ޖަނަވާރާއި ދޫނި ސޫފާ ސޫތްޕާއި މަސްމަހާމެހި ދިރިއުޅޭ ހަމައެކަނި ޕްލެނެޓަކީ ދުނިޔެ ކަމުގެ ސުވާލެވެ. ޖައްވީ ހޯދުންތަކާއި، ކުރިއެރުންތަކުގައި، ޤަރުނެއް ނިމިދިޔައިރު، ދުނިޔެ މި ހިމެނޭ ސޯލާ ސިސްޓަމްގައި ދުނިޔެ ނޫން އެއްވެސް ޕްލެނެޓެއްގައި ދިރުމެއްވާކަމުގެ ނިޝާނެއް ނުފެނުނެވެ.

ޖައްވީ ހޯދުންތައް ހޯދުމެ މަސައްކަތުގައި ދުނިޔެ ހިމެނޭ ސޯލާސިސްޓަމް ނޫނަސް މި ޔުނިވާސްގައި އެހެން ސޯލާ ސިސްޓަމްތައް އެބަހުރިކަން ސައިންސްވެރިންނަށް ހޯދުނެވެ. އަދި 2015 ވަނަ އަހަރު ދުނިޔެއާ 120 އަލި އަހަރު ދުރުގައިވާތީ ފެނުނު ޕްލެނެޓަށް ސައިންސްވެރިންގެ ޝައުޤުވެރިކަން އިތުރުވީ، އެ ޕްލެނެޓާއި ދުނިޔެއާއި ވަރަށް އެއްގޮތް ސިފަތައް ހުރުމުންނެވެ. K2-18b ނަން ދީފައިވާ މިޕްލެނެޓްގެ އެޓްމޮސްފިއާ ނުވަތަ ޖައްވުގައި، ކާބަންޑައި އޮކްސައިޑާއި މީތޭން ގޭސް ހުރިކަން ސައިންސްވެރިންނަށް ދެނެގަނެވުނީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. މިއާއެކު ދުނިޔެއެކޭ އެއްގޮތަށް އެޕްލެނެޓުގައި ދިރުންތައް ވެދާނެ ކަމަށް ސައިންސްވެރިން ލަފާކުރި ކުރުމަށް އިތުރު ބާރެއް ލިބުނެވެ.

K2-18b ޕްލެނެޓް އޭގެ އިރުގެ ވަށައިގެން ބުރެއް ފުރިހަމަ ކުރަނީ، 32 ދުވަހުންނެވެ. ދުނިޔެ އިރުގެ ވަށައިގެން ބުރެ ފުރިހަމަ ކުރަނީ، 30 ނުވަތަ 31 ދުވަހުންނެވެ. ދުނިޔެކޭ އެއްގޮތަށް މިޕްލެނެޓްގައިވެސް ކަނޑުތައް ވާކަމަށްވެސް ވަނީ ބެލެވިފައެވެ.

ދުނިޔެއަށް ވުރެ ދެގުނަ ބޮޑު، މި ޕްލެނެޓްގައި ދިރުންތައް ވާކަމަށް ކުރެވޭ ހީތައް ޔަޤީނާއި ގާތްވަމުން އަންނައިރު، މިޕްލެނެޓަށް ސައިންސްވެރިންގެ ޝައުޤުވެރިކަން އަންނަނީ އިތުރުވަމުންނެވެ. އެހެން ނަމަވެސް މި ޕްލެނެޓަށް އިންސާނަކަށް ދެވުމަކީ ދުނިޔޭގެ ޓެކްނޮލޮޖީ އަދި ހުރި ހިސާބުން އަދި ވާނެ ކަމެއް ނޫނެވެ.

ކެޕްލާ 2 އާއި ދުނިޔެއާ ދެމެދު 120 އަލި އަހަރުގެ ރާސްތާއެއް އޮންނައިރު، އިންސާނެއްގެ އުމުރުން އެއަށްވުރެވެސް މާކުރެވެ. 

ކޮމެންޓް
ޤ
މޮލު ވާގަކައެއް
07 Jul 2024
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.