Advertisement

07 Jul 2024
ކޮޕާ އެމެރިކާ
މިފްތާޙް މުޙައްމަދު

އުރުގުއޭއިން ބްރެޒިލް ކަޓުވާލައި ސެމީގެ ޖާގަ ހޯދައިފި

ކޮޕާ އެމެރިކާ 2024 ގެ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ބްރެޒިލް ކަޓުވާލުމަށްފަހު، އުރުގުއޭއިން ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދައިފިއެވެ.

މިއަދު ހެނދުނު ލަސްވޭގަސްގެ އެލެޖެންޓު ސްޓޭޑިއަމްގައި ބްރެޒިލް އާއި އުރުގުއޭ ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވުމުން، އެ މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ. އުރުގުއޭއިން ޕެނަލްޓީ ޝޫޓް އައުޓް ކާމިޔާބުކޮށްފައިވަނީ 4-2 އިންނެވެ.

ސެމީ ފައިނަލުގައި އުރުގުއޭ ބައްދަލުކުރާނީ ކޮލަމްބިއާއާއެވެ. ކޮލަމްބިއާ ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޕެނާމާ 5-0 އިން ބަލިކުރުމަށްފަހުއެވެ.

ސެމީ ފައިނަލުގެ އަނެއް މެޗުގައި ވާދަކުރާނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި ކެނަޑާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ނިއު ޖާޒީގައެވެ.

ރެފްރީގެ ކަށިގަނޑުގެ ފުމުން ގިނަ މި މެޗުގައި ޖުމްލަ 41 ފައުލް ރެކޯޑު ކުރެވިފައިވެއެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ފައުލް ރެކޯޑު ކުރެވުނު މެޗު ވެސް މެއެވެ. މި މެޗުގައި އުރުގުއޭގެ ޑިފެންޑަރ ނަހިތާން ނަންޑޭޒަށް 74 ވަނަ މިނެޓުގައި ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ވެސް ފޮނުވާލާފައެވެ.

ސަސްޕެންސަންގައި ހުރި ވިނީސިއަސް ޖޫނިއާގެ ބަދަލުގައި ބްރެޒިލް އިން މި މެޗުގައި ބޭނުންކޮށްފައިވަނީ އުމުރުން 17 އަހަރުގެ އެންޑްރިޗްއެވެ. އެހެންކަމުން، ވިނީސިއަސް ދަނޑުމަތީގައި ނެތް ތަން ބްރެޒިލްގެ އެޓޭކުން ވަރަށް ބޮޑަށް ފެނިގެން ގޮސްފައި ވެއެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ބްރެޒިލް ޓީމުން ޕެނަލްޓީ ކާމިޔާބު ކުރެވުނީ އެންޑްރިއަޒް ޕެރޭރާ އަދި މާޓިނެލީއަށެވެ. އަދި އެޑާ މިލިޓާއޯ އާއި ޑޮގްލަސް ލުއިޒް ޖެހި ޕެނަލްޓީ ވަނީ ކާމިޔާބު ނުވެފައެވެ.

އުރުގުއޭ ޓީމުން ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ މާރިއާ ހިމެނޭޒް އަށް އެކަންޏެވެ. އަދި އެ ޓީމުން ދެން ޕެނަލްޓީ ޖަހަން ނިކުތް ވަލްވާޑޭ، ބެންޓެންކޫރު، އަރަސިއޭޓަ އަދި މެނުއަލް އުގާޓޭ ވަނީ ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.