Advertisement

04 Jul 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

ނޭންގިގެން ބުރިޖަށް އެރުނީ ގާތްގަނޑަކަށް ބަރަހަނާ ހާލުގައި

އޭނާ ސިނަމާލެ ބުރިޖަށް އެރީ ހުޅުމާލެ އިން މާލެ ދިއުމަށެވެ. ބުރިޖަށް އަރާ ތަންކޮޅަކަށް ދުއްވާލެވުނު ތަނާ މީހުން ބަލާކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ސައިކަލުގެ ފަހަތު ސީޓުގަ ތިބޭ މީހުން ފަސްއެނބުރި ވެސް ބަލަނީއެވެ. އަދި ފަހަތުން އައިސް އޭނާގެ ސައިކަލާއި އެއްހަމަކޮށްފައި، ނުރުހިފަ ތިބޭ ފާޑަށް ވެސް ބަލަނީއެވެ.

ގޯހެއް އުޅޭހެން އޭނާއަށް ހީވާން ފަށައިފިއެވެ. މަލާމާތުގެ ނަޒަރުންނާއި، ނުރުހުމުގެ ނަޒަރުން މީހުން ބަލާނީ ކަމެއް ވެގެންތާއެވެ. އެންމެ ފުރަތަމަ ވެސް އޭނާއަށް އަވަސްވެގަނެވުނީ، އެންމެ މުހިންމު ހިސާބު ނިވާކުރެވިފަ އޮތްތޯ ބެލުމަށެވެ. އެހެންކަމުން އޭނާއަށް ސައިކަލުގައި ގެއިން ނައްޓާލެވުނީ ޖިންސު ލައިގެންތޯ ބަލާލުމަށް ފަލަމަސްގަނޑުގައި އަތް ކާއްތައިލެވުނެވެ. އަދި އެއަށްފަހު، އެތެރެއިން ލާންޖެހޭ އެއްޗެއް ޖިންސުގެ ބޭރުން ލެވިފަ ހުރިތޯ ބަލާލުމަށް އިސް ތިރިކޮށްލެވުނެވެ. އެ ހިސާބު އޮތީ ނަސީބަކުން ރަގަޅަށެވެ.

ދެން އަނެއްކާ ވެސް ކުރިޔަށް ބަލާލެވުނީ މީހަކު "އޭ! އޭ" އޭ ކިޔަން ފެށުމުންނެވެ. އޭނާ ހީކުރީ ކުރިމަތިން ވެހިކަލެއް ހުރަސްކުރާތީ ސަމާލުކަމަށް ގެނައުމަށް ދިން އިންޒާރެއް ކަމަށެވެ. ނަމަވެސް ހައިވޭ އަކީ އެއްކޮޅަށް ދުއްވާ މަގެއްކަމުން އެހެނެއް ނުވާނެތާއެވެ. ދެން އޭނާ އެމީހާއާ ދިމަ ބަލާލިއެވެ. ބަލާލިތަކުން ކޮބާހޭ ކިޔާ އޭނާ ދުއްވަން އިން ސައިކަލުގެ ހުންގާނުން އެއް އަތް ނެގުމަށްފަހު އަނބުރާލިއެވެ. މީހަކު ނުފެނި ގިނަ ދުވަސްވެފަ، ނޫނީ ގަޑިއެއް ކިޔާފައި ގަޑިއަށް ނުގޮސް ފިލައިގެން އުޅޭ މީހަކަށް މުހާތަބުކޮށް އިޝާރާތްކުރާ އުސޫލުންނެވެ. ނަމަވެސް ހެލްމެޓުގެ ތެރެއިން އެ މީހާގެ މޫނު ފެނުނުއިރު، އެއީ ދުވަހަކު އޭނާއާ ދިމާވެފަހުރި މީހެއް ހެނެއްވެސް ހިއެއް ނުވެއެވެ. އަނެއްކާ އެމީހާ ދަންނަ މީހަކާ ވައްތަރީބާއޭ ހިތައް އަރާ ވިސްނާލެވުމެވެ. ނަމަވެސް އެއީ ކާކުކަމެއް ފަހުމެއް ނުވިއެވެ.

ވާނުވާ ނޭންގި ގަޑިއަކު 50 ކިލޯމީޓަރު ބާރުމިނުގައި ސައިކަލު ދުއްވަމުން ދިޔަ އޭނާއަށް ދެން ސަމާލުކަން ދޭން ޖެހުނީ ފަހަތުން އައިސް ހަމަކުރި ކާރަކާއެވެ. ކާރުގައި ޑްރައިވަރާއި ޖެހިގެން ވާތްފަރާތައް އިންނަ ސީޓުގައި އިން މީހާ ކުޑަދޮރުގެ ބިއްލޫރި ތިރިކޮށްލުމަށްފަހު ބަލާލިއެވެ. އަދި ކާރު ދިޔައީ އޭނާގެ ސައިކަލަށް ވުރެން ބާރު ސްޕީޑެއްގައި ކަމުން، އެއްހަމައެއްގައި ހޭދަވީ މަދު ސިކުންތުކޮޅެކެވެ. އެހެންކަމުން އެ މީހާ ދޭން ބޭނުންވި މެސެޖެއް ނުދެވުނެވެ. ނަމަވެސް އެ މީހާ މަސައްކަތްކުރީ އެ މެސެޖު ފޯރު ކޮށްދިނުމަށެވެ.

އެ މީހާ ކާރުގެ ކުޑަ ދޮރުން ބޯ ނެރުމަށްފަހު ދެ ފަރާތުން ދެ އަތް ނެރެ ކަންފަތްމަތީގައި އެޅުމަށްފަހު އަނެއްކާވެސް ދެ އަތް ބޮލުގެ މައްޗަށް ނަގާ އިޝާރާތްކުރަމުން ދިޔައެވެ. އޭނާ ފުރަތަމަ ހީކުރީ އެ މީހާގެ ބޯ އުފުރާލުމަށްފަހު ކާރުން ބޭރަށް އެއްލާލަން އުޅުނު ކަމަށެވެ. ނަމަވެސް ވެގެން މި އުޅޭ ގޮތް އެނގުނީ އެ ހިސާބުންނެވެ.

އޭނާ ބޮލުގަ އަތްލިއިރު ބޮލުގައި ހެލްމެޓެއް ނެތެވެ. ސައިކަލު ވަށިގަނޑުގައި ވެސް ނެތެވެ. ސައިކަލުގެ މަޑި އާއި ހުންގާނާ ދޭތެރެއަކު ވެސް ނެތެވެ. ގެއިން ނައްޓާލެވުނީ ހެލްމެޓް ނުލައެވެ. ނަމަވެސް ހައިވޭގައި ޔޫ-ޓާން ނަގާ އަނބުރާ ނުލެވޭނޭ ކަމުން، އެ ވަގުތު ވިސްނުނު އެންމެ ރަގަޅު ގޮތަކީ ކުރިޔަށް ދިއުން ކަމުގައި ދެކި، ސްޕީޑަށް ބަދަލެއް ނުގެނަސް ކުރިޔަށް ދިޔައީއެވެ.

ހެލްމެޓް ނާޅާ ބްރިޖަށް އެރުނުކަން އެނގުމުން ހީވީ ބަރަހަނާ ހާލުގައި ބްރިޖަށް އެރުނީ ހެނެވެ. އޭނާ އެ ވަގުތު ބޭނުންވީ ލަދުން ސައިކަލު މަޑިދަށަށް ވަންނާށެވެ. އަމިއްލައަށް ހިނި ވެސް އާދެވުނެވެ. އެއާ އެއްވަރަށް ލަދުވެސް ގަތެވެ.

ސިނަމާލެ ބުރިޖުން ފޭބިއިރު، އިސްތިގްބާލުގައި ފުލުސް އޮފިސަރެއް ހުއްޓެވެ. އޮފިސަރ އަނގައިން ނުބުނަނިސް، އެ ބުނަން އުޅެނީ ކީކޭކަން އެނގިގެން އޭނާ މަޑުކޮށްފިއެވެ.

ދެން އޮތީ މި ލިޔުމުން ކިޔުންތެރިންނަށް ދޭން ބޭނުންވި މެސެޖުގެ ވާހަކައެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެ ސުވާލު ކޮށްލީ އޮފިސަރާއެވެ. މިއީ އޭނާއަށް ވެސް ގަސްތުގައި ކުރެވުނު ކުށެއް ނޫންކަމުންނެވެ. ޖޫރިމަނާ ސްލިޕް ދިއްކޮށްލުމަށްފަހު އޮފިސަރ ބުނީ، ހެލްމެޓް ނެތްކަން އެނގޭ ހިސާބުން ސައިކަލު އެއްފަރާތެއްގައި މަޑުކޮށް 119 އަށް ގުޅާ އެކަން އެންގުމަށެވެ. އަދި އެއަށްފަހު އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން ކުރިޔަށް ގެންދިއުމަށެވެ.

ކޮމެންޓް
Aish
މިއީ ވަރަށް މޮޅު ލިޔުމެއް..ހީކުރީ ހަމަ އެއްޗެއްނުލާ ދިޔައީކަމަށް...ނިމުނީމަ މިއެގުނީ ވީގޮތް..ވ ވެދުން
04 Jul 2024
ޭައެމްކަޓޭ
ސަޅިދޯ
05 Jul 2024
ނަރީ
ވަރައް މޮޅު
05 Jul 2024
ާައަލީ އުމަރު
ވަރައް ފުރިހަމަ
28 Jul 2024
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.