Advertisement

ހުޅުމާލޭ ފޭސް 1 ގައި ކުރި ޢީދު ނަމާދުގެ ތެރެއިން -- ފޮޓޯ: އެޗްޑީސީ

16 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މާލެ އާއި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި

މާލެ އާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި މިއަދު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފިއެވެ.

ގްރޭޓާ މާލެ ރީޖަންގައި 4 ތަނެއްގައި މިއަދު ވަނީ ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބާއްވާފައެވެ. ވިލިމާލޭގެ ބޯޅަ ދަނޑުގައި ޢީދުފެ ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވި އިރު، މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ، މާފަންނު ސްޓޭޑިއަމްގައެވެ.

ހުޅުމާލެ ފޭސް 1 ގައި ސިންތެޓިކް ޓްރެކްގައި ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބޭއްވި އިރު، ހުޅުމާލެ ފޭސް 2 ގައި ޢިދު ނަމާދުގެ ބޮޑު ޖަމާޢަތް ބާއްވާފައި ވަނީ ކްރިކެޓް ދަނޑުގައެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގެ 23 މިސްކިތެއްގައިވެސް މިއަދު ވަނީ ޢީދު ނަމާދުކޮށްފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކެއްގައިވެސް މިއަދު ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ބާއްވާފައި ވާއިރު، އުތުރުގެ ބައެއް ރަށްރަށުގައި މޫސުމް ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން ޢީދު ނަމާދުގެ ބޮޑު ޖަމާޢަތް ކެންސަލްކުރަން ޖެހުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.