Advertisement

26 May 2024
އިންގްލިޝް އެފްއޭ ކަޕް
މިފްތާޙް މުޙައްމަދު

ނަވާރަ އަހަރުގެ ގަނާޗޯ އަދި މައިނޫގެ ގޯލުތަކުން ސިޓީ ބަލިކޮށް ޔުނައިޓެޑުން އެފްއޭ ކަޕް ކާމިޔާބުކޮށްފި

އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާގެ ދެ ޓީމު ބައްދަލުކުރި މެޗު އެންމެން ސިއްސުވާލުމަށްފަހު ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ. ފާއިތުވި 35 އަހަރަށް ބަލާއިރު، ލީގުގައި އެންމެ ދަށް ނަތީޖާއެއް ނެރެވުނު މި ސީޒަން ތައްޓަކާއެކު ޔުނައިޓެޑުން ނިންމާލާނެކަމަށް އެ ޓީމުގެ ސަޕޯޓަރުން ވެސް ގަބޫލު ނުކުރާނެއެވެ.

މި ކާމިޔާބަކީ ސަރ އެލްކްސް ފާގަސަން ޔުނައިޓެޑް ދޫކޮށް 2013 ވަނަ އަހަރު ރިޓަޔާކުރިތާ 11 އަހަރު ފަހުން އެ ކުލަބަށް ހޯދުނު އެންމެ ތާރީހީ ކާމިޔާބު ކަމުގައި ދެކުމުގެ ފުރުސަތު ވެސް އެބައޮތެވެ. ސަބަބަކީ މި ފައިނަލުގައި ޔުނައިޓެޑުގެ ފުށުން މޮޅު ކުޅުމެއް ފެނިގެން ދިއުމެވެ. އެ ޓީމުން މެޗު ކާމިޔާބުކުރީ، ނަވާރަ އަހަރުގެ އަލެހާންޑްރޯ ގަނާޗޯ އަދި ކޮބީ މައިނޫ ކާމިޔާބުކުރި ގޯލުތަކުންނެވެ.

އަދި މި ނަތީޖާއަކީ ސިޓީގެ ކިބައިން ހިފި ވަރުގަދަ ބަދަލު ހިފުމެއްގެ ގޮތުގައި ވެސް ބެލެވިދާނެއެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ފައިނަލުގައި ވެސް މި ދެ ޓީމު ބައްދަލުކޮށްފައިވާއިރު، ގުންޑޮގަންގެ 2 ގޯލާއެކު އެ މެޗު ސިޓީއިން ކާމިޔާބުކުރީ 2-1 އިންނެވެ.

ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގައި ޔުނައިޓެޑުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ބޮޑު ލީޑެއް ނަގާފައެވެ. ސިޓީގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ މި ހާފުގައި ޔުނައިޓެޑުން ލީޑު ނެގީ 30 ވަނަ މިނެޓުގައި ގަނާޗޯ އަދި އޭގެ 9 މިނެޓުފަހުން މައިނޫ ކާމިޔާބުކުރި ގޯލުތަކުންނެވެ.

ދެވަނަ ހާފަށް ސިޓީ ނިކުތީ ވަރުގަދަކޮށެވެ. ނަމަވެސް އެ ޓީމުގެ ހަމަލާތައް ގޯލަކަށް ބަދަލުކުރުމަށް މަދުވީ ފަހު ޓަޗެވެ. އެ ޓީމަށް މި މެޗުގައި ކާމިޔާބު ކުރެވުނު ހަމައެކަނި ގޯލަކީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް 3 މިނެޓު އޮށްވައި ޑޮކޫ ކާމިޔާބުކުރި ގޯލެކެވެ.

މިއީ ޔުނައިޓެޑުގެ ކޯޗު، އެރިކް ޓެން ހެގް އެ ޓީމު ދޫކޮށްލުމުގެ ކުރިން ކުޅުނު ފަހު މެޗެވެ. މި ސީޒަނަށް ފަހު ޔުނައިޓެޑުގެ ވަޒީފާއިން އޭނާ ވަކިކުރާނެކަމަށް، އެ ކުލަބުން ވަނީ ނިމިދިޔަ ހަފްތާގައި އިއުލާންކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.