Advertisement

ސީ ޕްލޭން އެއާ އެމްބިއުލާންސް --

18 May 2024
ޚަބަރު
ޢަލީ ސުލައިމާން

ކަނޑޫދޫގައި ފާރެއް ދަށުވި ކުޑަކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

އިއްޔެ އިރު އޮއްސުނު ވަގުތު، ތ. ކަނޑޫދޫގައި ވެއްޓުނު ފާރެއްގެ ދަށުވެ ޒަޚަމްވި 10 އަހަރުގެ ކުޑަކުއްޖާ، އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، ޒަޚަމްވި ކުޑަކުއްޖާ މާލެއަށް ފުރުވާލެވިފައި ވަނީ، ސީޕްލޭން އެއާ އެމްބިއުލާންސްގައި މިއަދު ހެނދުނު 8:30 ހާއިރުގައި ކަމަށެވެ.

ކަނޑޫދޫއިން މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވާ ގޮތުގައި ދުވަސްވީ އެފާރު ވެއްޓުނު ކަމަށް ބެލެވެނީ ވައިގަދަ ވެގެންނެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، ވެއްޓުނު ފާރަކީ މީހުން ދިރިއުޅޭ ގެއެއްގެ މަގު ފާރު ކަމަށާއި އެއީ ތެޅިގަލުން ތިރީބައި ރާނައި އަދި މަތީބައި އެޅިގަލުން ރާނާފައި ހުރި ދުވަސްވީ ފާރެއް ކަމަށެވެ. ކުޑަކުއްޖާ ފާރުގެ ދަށުގައި ވީ އެފާރު ވެއްޓުނީ އެވަގުތު އެކުއްޖާ އެމަގުން ހިނގާފައި ދަނިކޮށެވެ. ފާރު ވެއްޓުނު ހާދިސާގައި، ކުއްޖާގެ ބޯ ފިޔަވައި މުޅި ހަށިގަނޑު ފާރުގެ ދަށުވި ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ނޫން ކަމުގައިވެސް ރީހާން ވިދާޅުވިއެވެ.

ކުޑަކުއްޖާ މާލެ ގެނައުން ލަސްވީ، މޫސުމްގޯސް ކަމުން ދަތުރު ނުކުރެވިގެންނެވެ. އެހެންވެ މިއަދު ހެނދުނު އިރު އެރުމާއި އެކު ސީޕްލޭން އެއާ އެމްބިއުލޭންސް ކަނޑޫދޫއަށް ފޮނުވައި، ސަރުކާރުން ވަނީ އެކުޑަ ކުއްޖާ އިތުރު ފަރުވާއަށް މިއަދު ހެނދުނު މާލެއަށް ގެނެސްދީފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.