Advertisement

ތ. ކަނޑޫދޫ -- ފޮޓޯ: މުޙައްމަދު ވިއާމް ފޭސްބުކް

17 May 2024
ޚަބަރު
ޢަލީ ސުލައިމާން

ތ. ކަނޑޫދޫގައި ގަދަ ވަޔާއި އެކު ވެއްޓުނު ފާރެއްގެ ދަށުވެ ކުޑަ ކުއްޖަކު ޒަޚަމްވެއްޖެ

މިއަދު އިރު އޮއްސުނު ވަގުތު، ތ. ކަނޑޫދޫގައި ވެއްޓުނު ފާރެއްގެ ދަށުވެ 10 އަހަރުގެ ކުޑަކުއްޖަކު ޒަޚަމްވެއްޖެއެވެ.

ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، ޒަޚަމްވި ކުޑަކުއްޖާ މިވަގުތު އޮތީ ކަނޑޫދޫ ސިއްޙީ މަރުކަޒުގައި ކަމަށެވެ. މިވަގުތު މޫސުމް ގޯސްވުމުގެ ސަބަބުން އެކުޑަކުއްޖާ އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް އަދި ރަށުން ބޭރަށް ގެންދިޔުމަށްވެސް ދަތިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރީހާން ވިދާޅުވީ، ވެއްޓުނު ފާރަކީ މީހުން ދިރިއުޅޭ ގެއެއްގެ މަގު ފާރު ކަމަށާއި އެއީ ތެޅިގަލުން ތިރީބައި ރާނައި އަދި މަތީބައި އެޅިގަލުން ރާނާފައި ހުރި ދުވަސްވީ ފާރެއް ކަމަށެވެ. ކުޑަކުއްޖާ ފާރުގެ ދަށުގައި ވީ އެފާރު ވެއްޓުނީ އެވަގުތު އެކުއްޖާ އެމަގުން ހިނގާފައި ދަނިކޮށެވެ. ފާރު ވެއްޓުނު ހާދިސާގައި، ކުއްޖާގެ ބޯ ފިޔަވައި މުޅި ހަށިގަނޑު ފާރުގެ ދަށުވި ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ނޫން ކަމުގައިވެސް ރީހާން ވިދާޅުވިއެވެ.

ކަނޑޫދޫއިން ވާހަކަ ދެއްކި އެހެން މީހަކު ބުނީ، އެފާރު ވެއްޓުނީ ގަދަވައިގެ ސަބަބުން ކަމުގައި ބެލެވޭ ކަމަށެވެ. އަދި މިވަގުތުވެސް ވަރަށް ވައިގަދަވެފައި ވިއްސާރަ ކަމަށާއި، ކަނޑު އުޅަނދެއްގައި ފުރޭވަރު ނުވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
20 Apr 2025
ދުނިޔެ
އަޤްޞާ ސުންނާފަތި ކޮށްލުމަށް ޔަހޫދީން ގޮވައިލަމުން ދާތީ ފަަލަސްޠީނުން ކަންބޮޑުވުން ފާޅުކޮށްފި
ފަލަސްޠީނުގެ ޚަރިޖީ ވުޒާރާއިން ބުނީ ޔަހޫދީ އާއްމުންގެ ޖަމާޢަތްތަކުން މަސްޖިދުލް އަޤްޞާއަށް ޙަމަލާދީ ސުންނާފަތި ކޮށްލުމަށް މީސްމިޑިޔާގައި ގޮވައިލަަމުންދާ ކަމަށެވެ.
20 Apr 2025
ޚަބަރު
މާލެ ސަރަޙައްދުގައި ބުރާސްފަތި ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވަރަށް މަތި
ސްޓެލްކޯއިން ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށްވުމާއެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިކަމަށެވެ. އެހެން ކަމުން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއްކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.