Advertisement

24 Apr 2023
ވާހަކަ
ވިޝާމް

ވާހަކަ: ހިއްސު

11:22
11:17

ފުރަތަމަ ބައި

އަހަރެންނަކީ ލ.ގަމުގައި ފުލުހެއްގެ ވަޒީފާ އަދާކުރަމުންދާ އަންހެނަކީމެވެ. ހެނދުނު ހެނދުނާ ޑިއުޓީއަށް ނިކުތްގޮތަށް ހައިރާންވެފައި ހުރެވުނީ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުންނެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުންނެވެ. ހިތް ވަނީ ނުތަނަވަސްވެފައެވެ. މީހާ ހުރީ ފިނިވެ ގަނޑުވެފައެވެ. ލޯ އުނގުޅައުނގުޅާފައި ބެލިނަމަވެސް މިއީ ހަމަ ހަޤީގަތެވެ. ކުރިމަތީގައި އޮތް ކާރުގެ ބިއްލޫރިގަނޑުވަނީ ތަޅައިގެންގޮއްސައެވެ. މަގުމައްޗަށް ރިހިކުލައިގެ އަތުކުރި ގަޑިއެއް ކަނޑައިގެން ގޮސް ވެއްޓިފައި އޮތެވެ. ދުރުގައި ދެ ބޫޓުކިބަ ވިއްސައިގެން ގޮއްސައި އޮތްއިރު ކާރުގެ ފަހަތުސީޓު ދޮރު ހުރީ ހުޅުވިފައެވެ. އެދޮރުން ބޭރުވާގޮތަށް އެލިފައި އެއޮތީ ޒުވާން އަންހެން ކުއްޖެއްގެ ހަށިގަނޑެވެ. ލައިގެން އޮތްހެދުމުގެ ކަރުމަތި އޮތީ ވީދައިގެން ގޮއްސައެވެ. ކަރާއި މޫނު ވަނީ އަނިޔާވެރި ވަކިތަކަކުން ޒަހަމް ކޮށްލާފައެވެ. އަހަރެން އެ ކުއްޖާގެ މޫނު ބަލަން ޖެހިލުންވިއެވެ. އަހަރެން ދުރުގަ މަޑުކޮށްލީމެވެ. އޮފިސަރެއް ކަމަކު މިކަހަލަ އަނިޔާވެރި މަންޒަރުތައް ބެލުމަކީ އަހަންނަށް ކެތްވާވަރު ކަމެއްނޫނެވެ. ހާއްސަކޮށް އަންހެނުންނަށް ކުރާ އަނިޔާތަކަކީ އަހަންނަށް ވަރަށް އަސަރުކުރުވާ އެކަމަކާއިމެދު ވިސްނޭ ކަމެކެވެ. އެކުއްޖާ ކައިރިއަށް ދިޔަމީހުން އޭނަގެ ވިންދު ހުރިކަމަށް ބުނުމާއެކު އެންމެން އެލާރޓަށް އައިސް ފުލުހުންނާއި ރައްޔިތުންގެ އެހީތެރިކަމާއެކު އަވަހަށް އެ އަންހެން ކުއްޖާ ގެންދިޔައީ ހޮސްޕިޓަލަށެވެ.

އިސާހިތަކު ނޫސްތަކަށް މިވާހަކަ އަރައި އެންމެން މިކަމުގައި ވާހަކަ ދައްކަން ފަށައިފިއެވެ. މާގިނައިރެއް ނުވެ އެއީ ކޮން ކުއްޖެއްކަންވެސް މީހުނަށް އެނގިއްޖެއެވެ. އޭނަގެ ނަމަކީ ޒެނީޝާއެވެ. މިރަށު ކުއްޖެއް ނޫނެވެ. އެކަމަކު މިރަށުގައި ވަޒީފާ އަދާކުރަމުން ދިޔަ ކުއްޖެކެވެ. އޭނަ ދިރިއުޅެމުން ގެންދިޔައީ ފޮނަދޫގައެވެ. އެއްބަޔަކު އެއީ އެކްސިޑެންޓެއް ކަމަށް ބުނާއިރު އަނެއްބަޔަކު ތުހުމަތުކުރަނީ އެއީ ރޭޕް ކޭސްއެއް ކަމަށެވެ. ސަބަބަކީ ޒެނީޝާ އޮތް ކާރަކީ އެރަށުގައި ޓެކްސީ ދަތުރުކޮށްދޭ ކާރަކަށް ވާތީކަމަށް މީހުން ބުނަމުން ދިޔައެވެ. މުޅި ރަށް ވަނީ ފުން ހިތާމަޔާއި ބިރުވެރި ކަމެއްގެ ތެރޭގައެވެ. މުޅި ރާއްޖެއަށްވަނީ ސިހުމެއް ލިބިފައެވެ. އެންމެންވެސް ކުރަމުން ދިޔައީ އެއް ސުވާލެކެވެ. ކާރު ދުއްވަން އިން ޑްރައިވަރު ކޮބާތޯއެވެ؟ އެއީ ޒެނީޝާ އޮތީ ކާރުގެ ބެކްސީޓުގައި ކަމަށްވާތީއެވެ. އޭނަ ހަމަގައިމުވެސް އެރަށުގައި ޓެކްސީއެއް ނުދުއްވާނެއޭ މީހުން ބުނަމުން ގެންދިޔައެވެ. އެންމެންވެސް އަވަސްވެގަތީ ޑްރައިވަރު ހޯދޭތޯއެވެ. އެހެންކަމުން އެއްބަޔަކު ދިޔައީ އެ ކާރުގެ ވެރިފަރާތް ހޯދުމަށެވެ. އަނެއްބަޔަކު ދިޔައީ ޒެނީޝާ ދިރިއުޅެމުން ދިޔަކަމަށް ބުނާ ގެއާ ދިމާލަށް ފޮނަދޫއަށެވެ.

Advertisement

ނަސީބު ދިމާކުރި ގޮތުން އަހަރެންނަށް އެރުނީ ޒެނީޝާ ދިރިއުޅެމުންދިޔަ ގެއަށްދާ ޕޮލިސް ޖިޕަށެވެ. ދިޔަ މަގުމަތީގައިވެސް އަހަންނަށް ވަރަށް ވިސްނުނެވެ. ޒެނީޝާއާއި ދޭތެރޭގައެވެ. އޭނައާއި މެދު ރޭގަ ކަންތައް ހިނގައި ދާނެ ގޮތަކާއި ދޭތެރޭގައެވެ. ހިތަށް އަރައެވެ. އޭނަ ކިހާ ހަޅޭކެއް ލަވާނެބާއެވެ. ކިހާ ރުއިމެއް ރޯނެބާއެވެ. އެކަމަކު އެއަޑު އިވުނު އެއްވެސް މީހަކު ހަމަ އެހިސާބުގައިވެސް ހުރި ކަމަކަށް ނުވިތާއެވެ. އޭނަ އެ ވަކިތަކުން ސަލާމަތްކުރަން މަސައްކަތްކޮށްފައިވާ މިންވަރު ސިފަކޮށްދޭން އޭނަގައިގާވާ ޒަޙަމްތައްވެސް ފުދެއެވެ. އޭނަގެ މޫނު ބަލަން ނުކެރުނު ނަމަވެސް އަހަންނަށް ހީވަނީ މިހުރިހާ މަންޒަރެއް ސިފަވާހެންނެވެ. މިޙިޔާލުތަކަށް ގެއްލިފައި ހުއްޓައި ސިއްސައިގެންދިޔައީ ކުއްލިއަކަށް ޖިޕްގެ ބުރޭކް ޖެއްސުމުންނެވެ. ހުރިހާ އޮފިސަރުން އެގެއާއި ދިމާލަށް ހިނގައިގަތެވެ. އަހަރެން ހުރީ ތަންކޮޅެއް ފަހަތުގައެވެ. ނަމަވެސް ޖެހިލުންވެހުރެވެސް މަޑުމަޑުން ގޮސް އެގެއަށް ވަނީމެވެ. އެކި އޮފިސަރުން ގޭގެ އެކިތަންތަން ހޯދަންފެށިއެވެ. އަހަރެންނަށް ވަރަށް ފަރިތަކަމާއެކު ގޮސް ޒެނީޝާގެ ކޮޓަރިއަށް ވަދެވިއްޖެއެވެ. ވަރަށް އާދައިގެ ވަރަކަށް ހަދައިފައިވާ ކޮޓަރިއެކެވެ. އަހަރެންވެސް މަޑުމަޑުން ކަބަޑުތަކާއި އަލަމާރި ޗެކްކުރަން ފެށީމެވެ. ވަރަށް ފަރިތަކަމާއެކު ގިނަތަންތަން ބަލައި ނިންމާލައިފީމެވެ. ކީއްވެ ކަމެއް ނޭނގުނެވެ. މީހާ ހުރީ ހަމަހޭގައި ބާއޭ ބައެއް ފަހަރު ހިތަށް އަރައެވެ. ވެދާނެއެވެ. ރޭގެ ހާދިސާގެ ހަޤީޤަތް ބަލަން އެންމެ ބޭނުންވާ އެކަކީ ހަމަގައިމުވެސް އަހަންނެވެ. ކޮޓަރިން ނުކުންނަން ދަނިކޮށް ޑްރެސިންގ ޓޭބަލްގެ އެއްފަޅިއަކަށް ޖަހާފައިހުރި ފޮތްތައް ލޮލުގައި އަޅައިގަތެވެ. އަނެއްކާވެސް ވަދެގެންގޮސް އެފޮތްތައް ހާވަން ފަށައިފީމެވެ.

ނަސީބު ރަނގަޅުކަމުން އަހަރެން އަތުގައި ޖެހުނީ ޒެނީޝާގެ ޑައިރީއެވެ. އޭނަގެ ހަޔާތުގެ ހުރިހާ ވާހަކަތަކެއް އެފޮތުގައި ފުރުވިފައި ވާނެބާއެވެ؟ އަވަސް އަވަހަށް ގަނޑުތައް އުކަން ފެށީމެވެ. ހިތަށް ހަމަޖެހުމެއް ލިބުނެވެ. ވަރަށް ވާހަކަ އެބަހުއްޓެވެ. ލިޔެފައެވެ. ތާރީޙްތަކާވެސް އެކުގައެވެ. އަހަރެން ހިތަށް އެރިއެވެ. " އަހަންނަށް ޒެނީޝާގެ ދިރިއުޅުން ދަސްކުރަން ދެން މިއަށްވުރެން ވަކި ރަނގަޅުގޮތެއް ނުފެންނާނެ ކަންނޭނގެ އެވެ. " އެ ކޮޓަރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން ހަމަޖެހިލި ތަނާ އެހެން އޮފިސަރުންތަކެއް އައިސް ރޫމަށް ވަނެވެ. އަހަރެން ޑައިރީ ފޮރުވީމެވެ. އެމީހުން އަނެއްކާވެސް އައިސް އަހަރެން ބެލި ހުރިހާތަނެއް ބަލަން ފަށައިފިއެވެ. އަހަރެން ތިތާކު އެއްވެސް އެއްޗެއް ނެތޭ ކިޔަމުން ދިޔައީމެވެ. އެކަމަކު އެމީހުން ދިޔައީ ހަމަ ބަލަމުންނެވެ. ފަހަރުގައި އަހަރެން އަންހެން އޮފިސަރަކަށްވާތީ އަދިވެސް އަހަންނަށް ފުރިހަމަ އިތުބާރު ނުކުރަނީ ކަންނޭނގެއެވެ. ކޮންމެއަކަސް ހުރިހާތަނެއް ބެލުމަށްފަހު އެމީހުން ނިންމީ ކޮންމެސް ތިން އޮފިސަރަކު އެގޭގައި ފޯރިމެރުމަށް މަޑުކުރުމަށެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ނިންމީ މަޑުކުރާށެވެ. އަމިއްލަ އެދުމެއްވެސް އޮތީމައެވެ. ޒެނީޝާގެ ޑައިރީ ކިޔާލުމެވެ. އޮފިސަރުންނަށް އޭތި ނުދެއްކީވެސް އަހަންނަށް އޭތި ފަހުން ކިޔާލަން ނުލިބިދާނެތީއެވެ. ކޮންމެގޮތެއްވިޔަސް އަހަރެން އަވަސް އަރުވާލާފައި ޑައިރީ ހުޅުވާ ކިޔަންފެށީމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
19 Apr 2024
ޚަބަރު
ތ. ވިލުފުއްޓާއި އިތުރު ހަތަރު ރަށެއްގައި އެއާޕޯޓު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ބުރާސްފަތި ދުވަހު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، ށ. މިލަންދޫ، ށ. ބިލެތްފަހި، ށ. ކޮމަންޑޫ، ތ. ގުރައިދޫ އަދި ތ. ވިލުފުށީގައި އެއާޕޯޓު އެޅުމުގެ މަސައްކަތެވެ. މި އެއާޕޯޓުތަކުގެ ތެރެއިން ތ. ގުރައިދޫ އާއި ށ. މިލަންދޫގައި އެއާޕޯޓު އަޅައިދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެރަށްރަށުގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. އެހެން އެއާޕޯޓްތަކަކީ ކުރީގެ ސަރުކާގައި އިއުލާނު ކުރެވުނު މަޝްރޫޢުތަކެއް ނަމަވެސް އެ އެއާޕޯޓްތައް އަޅުއްވައި ދެއްވުމަށް ރައީސް ޑރ. މުޢިއްޒު ވަޢުދުވެވަޑައިގެންނެވިއެވެ.
19 Apr 2024
ކުޅިވަރު
ލެވަކޫސެން ބަލިނުވެ 44 މެޗު ހަމަކޮށް، ޔޫރޮޕާ ލީގުގެ ސެމީއަށް
ނިމިދިޔަ ހަފްތާގައި ބުންޑެސްލީގާގެ ތަށި ޔަގީންކޮށްފައިވާ ބެޔާން ލެވަކޫސެންއިން ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ކުއާޓާ ފައިނަލުގައި އިނގިރޭސިވިލާތުގެ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅެ، ލުވެކޫސެން އިން ސެމީގެ ޖާގަ ހޯދީ 3-1 ގެ އެގްރިގޭޓު ސްކޯއަކުންނެވެ.
18 Apr 2024
ޚަބަރު
ރައީސް ޔާމީން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ
ރައީސް ޔާމީން މިނިވަން ވުމާއިއެކު މިރެއިން ފެށިގެން އެމަނިކުފާނި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ޔާމީން ޕީއެންއެފްއަށް މަޖިލީހުގެ ގޮނޑިތަކެއް ކާމިޔާބުކޮށްދެއްވުމަށް ނުކުންނަވާއިރު ކެމްޕޭނުގައި ދެން ބާކީ އޮތީ އެންމެ ދުވަހެކެވެ. ހޮނިހިރު ދުވަހުގެ އިރު އޮއްސި 6:00 އިން ފެށިގެން ކެމްޕޭން ކުރުން މަނާވެގެންދާނެއެވެ.
18 Apr 2024
ޚަބަރު
ރައީސް ޔާމީނު މިނިވަންވުމުން މަރުހަބާ ދަންނަވާކަަށް ސަރުކާރުގެ ބޭފުޅަކު ވަޑައެއް ނުގެންނެވި
ރައީސް ޔާމީނުގެ ފޮޓޯފުޅާއި އެމަނިކުފާނުގެ ސަޕޯޓަރުންގެ ތާއީދާއިއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަން ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީން މިނިވަންވުމުގެ އުފަލުގައި އެބޭފުޅުން އަމަލީ ގޮތުން ބައިވެރިވެވަޑައި ނުގެންނެވި ސަބަބާއި މެދުވެސް ކޯޓުދޮށުގައި އެއްވެ ތިބި ރައީސް ޔާމީނުގެ މަދު ސަޕޯޓަރުން ޝަކުވާ ކުރިއެވެ.