Advertisement

އިޒްރޭލު ފަތުރުވެރިޔާ ބޭލުމަށް ތުލިސްދޫގެ އާއްމުންގެ ބަޔަކު ޑިމާންޑް ކުރުން --

30 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ތުލުސްދޫގައި ހުރި އިޒްރޭލުގެ ފަތުރުވެރިއަކު އެރަށުން ބާލައިފި

ތުލުސްދޫއަށް ފަތުރުވެރިއެއްގެ ގޮތުގައި އައިސް ހުރި އިޒްރޭލު މީހަކު އެރަށުން ބާލައިފިއެވެ.

އެ މީހާއަކީ، ކުރިން ބުކިންގ ހެދުމަކާއި ނުލައި ތުުލުސްދޫއަށް އެތެރެވި އިޒްރޭލުގެ އަންހެން ޓޫރިސްޓެއްކަން އެނގިފައިވެއެވެ.

އިޒްރޭލުގެ އެ އަންހެންމީހާއަށް ތުލުސްދޫއިން ފޭބުމަށް އެންގީ އާއްމު ރައްޔިތުންގެ ތެރެއިން ބައެކެވެ. އޭނާއަކީ އިޒްރޭލު މީހެއްކަން ތުލުސްދޫގެ އާއްމުންނަށް އެނގުނީ، އޭނާ ތުލުސްދޫގައި ހުރެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ލައިވްކޮށް އޭނާ ހުރީ ތުލުސްދޫގައި ކަމާއި އޭނާއަކީ އިޒްރޭލުގެ ރައްޔިތެއްކަން އަމިއްލައަށް ހާމަކުރުމާއި ގުޅިގެންނެވެ.

އޭނާ ތުލުސްދޫއިން ބޭލުމަށް ރައްޔިތުން ޑިމާންޑް ކުރުމުން، އޭނާ ހުރި ގެސްޓް ހައުސްގެ ފަރާތުން ވަނީ އޭނާ އެރަށުން ލޯންޗެއްގައި ފުރުވާލާފައެވެ. ސޯޝަލް މީޑިއާގައި އިޒްރޭލުގެ އެއަންހެން މީހާ ވަނީ، އޭނާއަށް ވަގުތުން ފުރައިގެން ދިޔުމަށް އަންގައި މަރުގެ އިންޒާރު ދިންކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފައެވެ.

އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލު ސިފައިން ގައްޒާގައި ހިންގަމުންގެންދާ ޤަތުލު އާއްމުތަކާއި ގުޅިގެން، އިޒްރޭލުގެ ރައްޔިތުން ފަތުރުވެރިންގެ ގޮތުގައި ތުލުސްދޫއަށް އެތެރެވުމަށް އެރަށުގެ ރައްޔިތުން ނުރުހެއެވެ. އަދި ދިވެހިންގެ ތެރެއިންވެސް ގިނަ ބަޔަކު ވަނީ އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް ގޮވާލާފައެވެ.

ތުލުސްދޫ އިން ވާހަކަދެއްކި އެހެން މީހަކު ބުނެފައިވާ ގޮތުގައި، އިޒްރޭލު މީހާ މަސައްކަތްކޮށްފައި ވަނީ، ވިކްޓިމް ކާޑު ކުޅެގެން މީޑިއާތަކުގެ ސުރުޚީއަށް އަރާށެވެ. އޭނާ ތުލުސްދޫގައި ހުންނަތާ ދުވަސްތަކެއް ފަހުން އަމިއްލައަށް ސޯޝަލް މީޑިއާގައި އޭނާއަކީ އިޒްރޭލު މީހެއްކަމާއި އޭނާ ހުރީ ރާއްޖޭގައި ކަން ހާމަކުރުމުގެ ބޭނުމަކީވެސް ހަމަނުޖެހުމެއް އުފައްދައިގެން ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސުރުޚީއަށް އެރުން ކަމުގައި ތުހުމަތު ކުރެވޭ ކަމުގައި އޭނާ ބުންޏެވެ.

ރާޅާ އެޅުމަށް އިޒްރޭލުގެ ފަތުރުވެރިން އާއްމުކޮށް ތުލުސްދޫއަށް އަންނައިރު، ގެސްޓަހައުސްތަކަށް ކުރިން ބުކިން ހެދުމަކާއި ނުލައި އެމީހުން އައިސްއުޅެއެވެ. އަދި 2014 ވަނަ އަހަރު އިޒްރޭލު ސިފައިން ގައްޒާއަށް ދިން ހަމަލާތަކާއި ގުޅިގެންވެސް ތުލުސްދޫގައި ފަލަސްތީނަށް ތާއީދުކޮށް ހަރުކޮށްފައިވާ ޕޯސްޓަރ ތަކަކަށް އިޒްރޭލު ފަތުރުވެރިން ގެއްލުން ދިނުމާއި ގުޅިގެން އިޒްރޭލު ފަތުރުވެރިންނާއި ތުލުސްދޫގެ އާއްމުންނާއި މެދު އުފެދުނު ދެކޮޅުވެރިކަމުގައި އެރަށުން އިޒްރޭލު ފަތުރުވެރިން ބޭލިއެވެ.

ކޮމެންޓް
މުުޫސާ
ތުލުސްދޫ ރައްޔިތުންނައް މަރުހަބާ މުލިމިގައުމު ބަލާފާސް ކޮއް އިޒުރޭލު މީހުން ތިބިއްޔާ މިހާރުން މިހާރައް ބާލަންވީ
30 Apr 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.