Advertisement

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

28 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ގިނަ ދުވަސްތަކަކަށް ފަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި

ގިނަ ދުވަސްތަކަކަށް ފަހު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތައް، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ބާއްވާފައެއް ނުވެއެވެ. އެހެން ނަމަވެސް ވަޒީރުންގެ މަޖިލީހުގެ ތެރެއިންް އެކުލަވާލާފައިވާ އެކި އެކި ކައުންސިލް ތަކުގެ ބައްދަލުވުންތައް އެދުވަސްވަރުވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހުށައެޅި މަޝްވަރާކުރެވުނު ކަރުދާސްތަކާއި ގުޅޭ ގޮތުން އެއޮފީހުން އަދި މިހާތަނަށް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީ އާއެކު، ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކުގެ ދުވެލި ހަލުވި ކުރުމަށް ބޭނުންފުޅުވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ފޮޓޯތަކުން އެނގޭ ގޮތުގައި، އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ 16 ވަޒީރުންނެވެ. މިސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި 22 ވަޒީރަކު ތިއްބަވާއިރު، މިއަދުގެ ވަޒީރުންގެ މަޖިލީހުގައި 6 ވަޒީރަކު ބައިވެރިވެވަޑައި ނުގަންނަވައެވެ. އޭގެ ތެރެއިން 4 ވަޒީރުން މިވަގުތު ތިއްބެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވަވާފައި ވަނީ 10 މާރިޗު 2024 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.