Advertisement

މޯލްޑިވްސް ގޭސް ގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ މައުމޫން ---

25 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މޯލްޑިވްސް ގޭސްގެ ކުރީގެ އެމްޑީ މައުމޫނުގެ މައްޗަށް 7 ދައުވާއެއް އުފުލައިފި

މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންގެ މައްޗަށް 7 ދައުވާއެއް އުފުލައި އިންޓަރޕޯލް މެދުވެރިކޮށް އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީންގ ޑިރެކްޓަރ ޢަބްދުﷲ މައުމޫންއަށާއި، ޢަބްދުﷲ މައުމޫންގެ ޢާއިލީ ބައެއް ފަރާތްތަކަށް އަދި ޢަބްދުﷲ މައުމޫންއާ ގުޅުން އޮންނަކަމަށް ތުޙުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީ.ޑީ.އެޗް އިންޓަރނޭޝަނަލްއިން ފައިސާ ފޮނުވާފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި، އޭނާގެ މައްޗަށް 3 ދައުވާ ކްރިމިނަލްކޯޓަށް، ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު ހުށައަޅާަފައި ވާކަމަށެވެ.

މިގޮތުން، އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށްތަކެވެ. މިގޮތުން، އޭނާގެ މައްޗަށް ދައުވާ ކުރާ 7 މައްސަލައިގައި ޖުމުލަ، 298،403.5 އެމެރިކާ ޑޮލަރު އޭނާ ރިޝްވަތުގެ ގޮތުގައި ހޯދާފައިވާ ކަމަށް ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، ޢަބްދުﷲ މަޢުމޫންއަކީ މިހާރު ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ މީހެއްކަމަށް އެންޓި ކޮރަފްޝަން ކޮމިޝަނުން އެ އޮފީހަށް މަޢުލޫމާތުދީފައިވާތީ ދަޢުވާލިބޭ މީހާ ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން މި މައްސަލައިގެ އަޑުއެހުމެއް ވެވަޑައިގެންނެވި އެންމެ އަވަސް ތާރީޚަކަށް ތާވަލުކޮށްދެއްވުމަށް ކޯޓުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި ދަޢުވާލިބޭ މީހާ ޝަރީޢަތަށް ހާޒިރުވުމަށް އިންކާރުކުރައްވާ ހާލަތުގައި، އޭނާ ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ނެރެދެއްވުމަށާއި، އެފަދަ އަމުރެއް ނެރެދެއްވާ ހާލަތުގައި އިންޓަރޕޯލް މެދުވެރިކޮށް، ދަޢުވާލިބޭ މީހާ ދިވެހިރާއްޖެއަށް އަނބުރާ ގެނައުމުގެ މަސައްކަތް ކުރުމުގެ ފުރުސަތު، ދިވެހި ފުލުހުންގެ ޚިދުމަތަށް ފަހިކޮށްދިނުމަށްވެސް އެދިފައި ވާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Apr 2025
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކައުންސިލްގެ ކުރެހުމާ ނުލައި ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތް ހަދައިފި
ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިންގ ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
22 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި
އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.