Advertisement

އީދު ފާހަގަކުރުމަށް ހުޅުމާލެ ސެންޓްރަލް ޕާކު ދިއްލާފައި --

25 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލްތައް ހުށައަޅަން ހުޅުވާލައިފި

މިއަހަރުގެ އަޟުހާ އީދު ކުލަގަދަކޮށް ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލްތައް ހުށައެޅުމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެވުޒާރާއިން ކޮށްފައިވާ އިއުލާނުގައި ބުނީ، އެވުޒާރާ އާއި ގުޅިގެން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރަން ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލްތައް ހުށައެޅުމުގެ ފުރުޞަތު މިއަހަރުގެ  މެއި މަހުގެ 9، ވާ ބުރާސްފަތި ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލާފައި ވާކަމަށެވެ.

މިގޮތުން، ހުށަހަޅުއްވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަންގަވާ އެރަށަކުން ކޮށްދެއްވާނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމުގައި އެވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެވުޒާރާއިން ވިދާޅުވީ، އެވުޒާރާއިން މިއަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށާއި، މިގޮތުން އެރަށްތައް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް މި ވުޒާރާގެ ފަރާތުން ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލެއް ހުށަހަޅުއްވާ ތިން ރަށެއްގައި އީދު ފާހަގަކުރާ ގޮތަށް ކަމަށެވެ. 

ސަރުކާރުން ވަނީ މިއަހަރުގެ ފިޠުރު ޢީދުވެސް މާލެ ސަރަހައްދާއި ބައެއް ރަށްރަށުގައިކުލަ ގަދަކޮށް ފާހަގަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Apr 2025
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކައުންސިލްގެ ކުރެހުމާ ނުލައި ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތް ހަދައިފި
ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިންގ ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
22 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި
އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.