Advertisement

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ މާރިޔާ (ކ)--

25 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ސްޓޫޑޭންޓް ލޯނަށް އެދި ހުށައެޅުމަށް އިތުރު 7 ދުވަސް ދީފި

ނެޝަނަލް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން ތަޢުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް، އިތުރު 7 ދުވަހުގެ މުހުލަތެއް ދީފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ސްޓޫޑެންޓް ލޯނަށް އެދި ހުށައެޅުމަށް މިހާރު ދީފައިވާ މުއްދަތު، މެއި 2 ވާ ބުރާސްފަތު ދުވަހުގެ މެންދުރުފަހު 1:30އަށް މިހާރު އިތުރުކޮށްދީފައި ވާކަމަށެވެ. މިގޮތުން ލޯނަށް އެދި ހުށައަޅަންޖެހޭނީ އެކަމަށްޓަކައި ޤާއިމްކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމުގައިވެސް ހަޔަރ އެޑިޔުކޭޝަނުން ވަނީ ބުނެފައެވެ. އަދި ކޮންމެ ދަރިވަރަކަށްވެސް ހުށައެޅޭނީ އެއް އެޕްލިކޭޝަން ފޯމު ކަމުގައިވެސް ހަޔަރ އެޑިޔުކޭޝަނުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިއަހަރުގެ ފެބުރުއަރީ މަހުގެ 29 ވަނަ ދުވަހުގައެވެ. މިގޮތުން އެދުވަހު ވަނީ 500 ލޯނު ފުރުޞަތު ހުޅުވާލާފައެވެ.

މި ސްކީމުގެ ދަށުން ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 2 ކެޓަގަރީއަކުން ކަމަށާއި، އޭގެ ތެރޭގައި ހިމެނޭނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނާއި، މިހާރުވެސް ކިޔަވަމުންދާ ދަރިވަރުން ކަމުގައި މިނިސްޓްރީން ވިދާޅުވިއެވެ. އެމިނިސްޓްރީން ވިދާޅުވީ، މި ލޯނު ސްކީމުގެ ދަށުން ދޫކުރާ ޓޮޕްއަޕް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ 7 ލައްކަ ރުފިޔާ އަށް ވުރެ ބޮޑުނުވާ އަދަދަކަށް ކަމަށެވެ.

މިލޯނު ފުރުޞަތުގެ ދަށުން، އަލަށް ކިޔަވަން ފަށާ، 370 ދަރިވަރުންނަށާއި، އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް 130 ދަރިވަރަކަށް ފުރުޞަތު ދޭނެ ކަމުގައި ވެސް އެމިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން ރާއްޖޭގައި ޕައިލެޓް ލައިސަންސް ކޯސް ހެދުމަށް 10 ދަރިވަރަކަށް އަދި ރާއްޖެއިންބޭރުގައި ޑޮކްޓަރުންކަން ކިޔެވުމަށް 10 ދަރިވަރަކަށް ލޯނު ދޭނެއެެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.