Advertisement

ހުޅުމާލެ ހައިވޭގައި ޖަހާފައިވާ ސޯލާތަކުން އުފައްދާ ކަރަންޓް ބަލަހައްޓާ ނިޒާމް--

24 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް އެސްއީޒެޑްގެ އަސާސީ ހުއްދަ ބޭރުގެ ކުންފުންޏަކަށް ދީފި

އިއާދަ ކުރަނިވި ހަކަތައިގެ 150 މެގަވޮޓް ކަރަންޓް އުފެއްދޭ ފްލޯޓިން ސޯލާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢު ހިންގުމަށް ކެނެޑާގެ ކުންފުންޏަކަށް ހުއްދަ ދީދިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްއިން ބުނީ، އެސްއީޒެޑްގެ ޤާނޫނުގެ ދަށުން އެފަދަ މަޝްރޫޢުތައް ހިންގުމުގެ މަސައްކަތުގައި، ދޫކުރަންޖެހޭ އަސާސީ ހުއްދަ ދީފައި ވަނީ، ބޯޑް އޮފް އިންވެސްޓްމަންޓްސްގެ ފަރާތުން، ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕްއަށެވެ. އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ހިންގުމަށް ރާވާ މަޝްރޫޢަކީ، މާލެ ސަރަހައްދުގައި އިއާދަކުރަނިވި ހަކަތައިން 150 މެގަވޯޓްގެ ކަރަންޓް އުފެއްދުމުގެ މަޝްރޫޢެކެވެ. އެކުންފުނިން މިމަޝްރޫޢު ހިންގާނީ، ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑާގުޅިގެންނެވެ. މިމަޝްރޫޢަށް ބޭނުންވާ ފަންނީ އެހީތައް އެކުންފުނިން ފޯރުކޮށްދޭނެއެވެ.

އިކޮނިމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، މިއަދު ދޫކުރެވުނު ހުއްދައުގެ ދަށުން ފުރަތަމަ ކުރެވޭނީ، އެމަޝްރޫޢު ހިންގުމަށް ބޭނުންވާ ދިރާސާތަކާއި، އެސެސްމެންޓްތައް ހެދުމުގެ މަސައްކަތެވެ. އެކުންފުންޏާއި ސަރުކާރާއި ދެމެދު މަޝްވަރާކުރުމަށް ފަހުގައި މަޝްރޫޢު ކުރިޔަށް ގެންދާނޭ ގޮތްތަކެއް ނިންމާނީ އޭގެ ފަހުގައެވެ.

އިކޮނޮމޮކް މިނިސްޓްރީގެ ބަޔާނުގައި މި މަޝްރޫޢަކީ، މިދައުރުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ކުރެވޭ މަސައްކަތް ކާމިޔާބު ކުރެވޭނޭ މަޝްރޫޢަކަށް ވެގެންދާނެއެވެ. ރާއްޖޭގައި ހަކަތަ އުފެއްދުމަށް މިހާރު މައިގަނޑު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ ފޮސިލް ފިއުލްއެވެ. 

ނިމިދިޔަ ދައުރުގައި ހިންގި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުގެ ދަށުން ދުވާލަކަށް އުފެއްދެނީ، 5 މެގަވޮޓްގެ ކަރަންޓެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
22 Apr 2025
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކައުންސިލްގެ ކުރެހުމާ ނުލައި ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތް ހަދައިފި
ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިންގ ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
22 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި
އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.