Advertisement

ޕީއެންސީއަށް ސޮއެކުރެއްވި މެމްބަރުން ---

24 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވުނު 6 މެމްބަރަކު ޕީއެންސީއަށް ސޮއެކުރުމާއި އެކު ޤާނޫނު އަސާސީ ބަދަލުކޮށްލެވޭނެ ސުޕަރ މެޖޯރިޓީ ޕީއެންސީއަށް ކަށަވަރުވެއްޖެ

އަމިއްލަ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހޮވުނު 6 މެމްބަރަކު ޕީއެންސީއަށް ސޮއެކުރުމާއި އެކު ޤާނޫނު އަސާސީ ބަދަލުކޮށްލެވޭނެ ސުޕަރ މެޖޯރިޓީ ޕީއެންސީއަށް ކަށަވަރުވެއްޖެއެވެ.

ޕީއެންސީން ދެންމެ ބުނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުން ޕީއެންސީއަށް ސޮއިކޮށްފި ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، 

1- ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ

2- ޙަސަން ޒަރީރު – މަތިވެރި ދާއިރާ

3- އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ

4- އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ

5- ޔާސީން ޢަބްދުﷲ - ނައިފަރު ދާއިރާ

6- ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ ؛ އެެވެ.

މި 6 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވުމާއިއެކު އެޕާޓީގެ މެމްބަރުންގެ އަދަދު 72 އަށް އަރާނެއެވެ. ޤާނޫނު އަސާސީއަށް އިސްލާޙް ގެންނަން ބޭނުން ވަނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ 4/3 ވޯޓެވެ. އެއީ 70 މެމްބަރުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Apr 2025
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ކައުންސިލްގެ ކުރެހުމާ ނުލައި ހިޔާވަހި ސްކީމަށް ހުށަހެޅޭ ގޮތް ހަދައިފި
ބޯހިޔާވަހިކަމަށް ދޫކުރާ 'ހިޔާވަހި ފައިނޭންސިންގ ސްކީމަށް' ލޯނަށް, މާލޭ ސިޓީ ކައުންސިލްގެ ކުރެހުން ނެތަސް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.
22 Apr 2025
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
މަސްޖިދުއް ނަބަވީގެ އިމާމު ރާއްޖެ ވަޑައިގަންނަވައިފި
އިމާމު ޑރ. ޞަލާޙުލް ބުދައިރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ އިތުރުން ވުޒާރާގެ އިސްވެރިންނެވެ.
21 Apr 2025
ޚަބަރު
އޮޅުވާލައިގެން ބިން ވިއްކަން އުޅުނު އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާކޮށްފި
ހުޅުމާލޭގެ ފޭސް 2 އިން ބިމެއް ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ނެގި މައްސަލައެއްގައި ދައުވާ ކުރުމަށް އޭސީސީއިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅައިފިއެވެ.
21 Apr 2025
ޚަބަރު
ޖިނާއީ ތަހުގީގަށް ފޮޓޯ ނެގޭނެ ގޮތަށް ބަދަލެއް
ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ފޮޓޯ ނަގަން ކޯޓު އަމުރުގައި ބަޔާންކުރަނީ، ޖިންސީ ގުނަވަނުގެ ފޮޓޯ ނުނެގޭނެކަން ސާފުކޮށް ބުނެދޭންކަމަށާއި، ފޮޓޯ ނަގަނީ އެ މައްސަލައެއްގައި ބޭނުންވާ މިންވަރަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.