Advertisement

މޯލްޑިވްސް ޒަކާތު ހައުސްގެ މުވައްޒަފުން --

24 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މާރިޗު މަހު ޒަކާރު ފަންޑުން 59 މީހަކަށް ޖުމުލަ 8 ލައްކަ ރުފިޔާގެ އެހީވަނީ ދީފައި

މިއަހަރުގެ މާރިޗު މަހުގައި، ފަޤީރުންނާއި މިސްކީނުންނަށް ބޭސް ފަރުވާގެ އެހީގެ ގޮތުގައި ޖުމުލަ 8 ލައްކަ ރުފިޔާގެ އެހީ ދެވިފައިވާ ކަމުގައި، މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރައްވައިފިއެވެ.

އެ އިދާރާއިން މިކަން ހާމަކުރައްވާފައިވަނީ، އެ އިދާރާގެ ޚަރަދު ބަރަދާއި ގުޅޭ ގޮތުން އާއްމު ކުރި ރިޕޯޓުގައެވެ. އެެިޕޯޓުގައި ވާގޮތުން ފަޤީރުންނާއި މިސްކީނުންގެ ތެރެއިން ބޭސްފަރުވާގެ އެހީ ބޭނުންވާ 59 މީހަކަށް، 878،682.88ރ ވަނީ އެހީގެ ގޮތުގައި ދޫކޮށްފައެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ އެހީގެ ފައިސާ ދޫކޮށްފައި ވަނީ ކެންސަރުގެ ބަލިތަކަށް ފަރުވާކުރަމުން އަންނަ މީހުންނަށެވެ. މިގޮތުން ކެންސަރުގެ ބަލިތަކަށް ފަރުވާ ކުރަމުން އަންނަ މީހުންނަށް، 190،822.50ރ ހޭދަކޮށްފައި ވާއިރު، ފުރަމޭގެ ބަލިތަކަށް، 25،443ރ އަދި ހިތުގެ އޮޕަރޭޝަންތަަކަށް 8،481ރ ވަނީ އެހީގެ ގޮތުގައި ދީފައެވެ.

މީގެ އިތުރުން ޚާއްޞަ ހާލަތްތައް މެދުވެރިވެގެން ހާލުގައި ޖެހޭ ފަރާތްތަކަށް ދޭ އެހީގެ ގޮތުގައި، 17،207.65ރ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، ރާއްޖެއިން ބޭރުގައި ވަނިކޮށް ހާލުގައި ޖެހުނު ފަރާތްތަަކަށް، 248،604ރ އެހީގެ ގޮތުގައި ދީފައިވެއެވެ.

މީގެ އިތުރުން ޒަކާތު ފަންޑުން ދީފައިވާ ސްކޮލަރޝިޕްތަކުގައި ކިޔަވާ ދަރިވަރުންނަށް، 44،533،80ރ ޚަރަދުކޮށްފައި ވާއިރު، މޯލްޑިވްސް ޒަކާތު ހައުސްގެ އިދާރީ މުވައްޒަފުންނަށް އުޖޫރައިގެ ގޮތުގައިމާރިޗު މަހު، 374،950.28ރ ޚަރަދުކުރެވިފައިވާ ކަމުގައިވެސް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.