Advertisement

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް --

19 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން: ރައީސް ޞާލިޙް

ވަޢުދުތައް ފުއްދަމުން ނުގެންދާތީ މިސަރުކާރާއި މެދު ރައްޔިތުން ތިބީ މިސަރުކާރާއި މެދު މާޔޫސް ވެފައި ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އެމްޑީޕީން ކުރިޔަށް ގެންދާ އެޕާޓީގެ މިސްރާބު ހަމަ މަގަށް ކެމްޕެއިންގެ މަގުމަތީ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ކުރިޔަށް ގެންތިޔަ ރެލީ ނިންމާލުމަށް ފަހު އާޓިފިޝަލް ބީޗުގައި އެމްޑީޕީގެ މެމްބަރުންނާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ރައްޔިތުންގެ ކިބައިން ފެނިގެން ދިޔައީ މިސަރުކާރުން މަޝްރޫޢުތައް ހުއްޓާލާފައި ވާތީ މާޔޫސްވެފައިވާ މަންޒަރުކަމަށެވެ. އަދި މިސަރުކާރުން ވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި ދޮގު ހަދާފައި ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ. ރައީސް ޞާލިޙް ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ. އަދި އެމްޑިޕީގެ ކެންޑިޑޭޓުން މަޖިލީހަށް އިންތިޚާބުވެއްޖެ ނަމަ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެމްޑީޕީން އަނެއްކާވެސް ނުކުމެ މިއޮތީ މިރާއްޖެ ހަމަމަގަށް އެޅުވުމަށް. ރާއްޖެ މިދާ މިސްރާބު ހަމަމަގުން ކައްސާލައިފި. މިސްރާބު ހަމަމަގަށް އަޅުވަން އެބަޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓި އަޅުގަނޑުމެންނަށް ލިބުމާއި އެކުގައި އިރާދަކުރެއްވިއްޔާ، މިސަރުކާރު ޖަވާބުދާރީ ކުރުވަން ކުރަންޖެހޭ ހުރިހާކަމެއް އަޅުގަނޑުމެން ކުރާނަން. ޒިންމާދާރު ކުރުވާނަން. ހަމަ މަގަށް އަޅުވާނަން. އެނގިވަޑައިގަންނަވާނެ ރައީސް މުއިއްޒު ވަޑަިއގެންނެވީ، ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެތައް އެތައް ދޮގެއް ހައްދަވައިގެން. އޮޅުވާލައިފި."

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް --

ރައީސް ޞާލިޙް ވިދާޅުވީ މިސަރުކާރާއި މެދު ކަންބޮޑުވާންޖެހޭ އެތައް ކަމެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް ޚަރަދު ބޮޑުވުމާއި، އެތައްހާސް ސީޔާސީ މަޤާމްތަކެއް އުފެއްދެވުމާއި، ދައުލަތގެ މާލީ ހިސާބުތައް ހާމަ ކުރަމުން ނުދިޔުން އޭގެ ތެރޭގައި ހިމެނޭ ކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ، ދިމިޤުރާތީ ހަމަތަކުގެ މަތިން ވެރިކަމަށް އަންނަ ބަޔަކު ވެރިކަން ކުރަންޖެހޭނީ، ރައްޔިތުން އެދޭ ގޮތަށް އަދި ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ކަންކަން ރައްޔިތުންނަށް އޮޅުވާލައި ދޮގު ހަދަމުންދާކަން ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރު ހިންގާ ޕާޓީގެ ކެމްޕޭނަށް ދައުލަތުގެ މުދަލާއި ފައިސާ ބޭނުން ކުރަމުންދާ ކަމަށާއި މިހާތަނަށް 100 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެގޮތަށް ބޭނުންކޮށްފައިވާކަމުގައިވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީގުގެ މެޖޯރިޓީ ހޯދުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މި ދެތިން ދުވަހު ސަރުކާރުން ގެންދަނީ މާލެ ސަރަހައްދާއި އަތޮޅުތަކުގައި އައު އެތައް މަޝްރޫޢެއް އިއުލާނުކުރަމުންނެވެ.

ކޮމެންޓް
ސ.
5 އަހަރުވެއްޖެ މެޖޯރިޓީ އޮންނަތާ. އަދި ވެރިކަންވެސް. ކޮން ޖަވާބުދާރީއެއްތަ ކުރެވުނީ؟
19 Apr 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.