Advertisement

ކުރީގެ ރައީސް އަބުދުﷲ ޔާމީން ---

18 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވަނީ

ކްރިމިނަލްކޯޓުން ކުރި ހުކުމްތައް ހައިކޯޓުން ބާޠިލްކުރުމާއި އެކު، މިރޭ މިނިވަންވަޑައިގެންނެވި، ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް މާދަމާ ފުވައްމުލަކަށް ވަޑައިގަންނަވާނެ ޕީއެންއެފުން ބުނެފިއެވެ.

ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފްގެ އިސް ބޭފުޅެއް ކަމުގައިވާ މުޙައްމަދު މަލީޙް ޖަމާލު ވިދާޅުވީ، ރައީސް ޔާމީނު ފުވައްމުލަކަށް ވަޑައިގަންނަވާނީ މާދަމާ މެންދުރު ކަމަށެވެ. އަދި އެޕާޓީގެ ކެމްޕޭން ޓީމްތައް މިރޭ ފުވައްމުލަކަށް ފުރާނެ ކަމުގައި ވެސް މަލީޙް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ވުމާއިއެކު މިރެއިން ފެށިގެން އެމަނިކުފާނި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ޔާމީން ޕީއެންއެފްއަށް މަޖިލީހުގެ ގޮނޑިތަކެއް ކާމިޔާބުކޮށްދެއްވުމަށް ނުކުންނަވާއިރު ކެމްޕޭނުގައި ދެން ބާކީ އޮތީ އެންމެ ދުވަހެކެވެ. ހޮނިހިރު ދުވަހުގެ އިރު އޮއްސި 6:00 އިން ފެށިގެން ކެމްޕޭން ކުރުން މަނާވެގެންދާނެއެވެ.

ރައީސް ޔާމީންގެ އައު ޕާޓީ ރަޖިސްޓްރީ ކުރުމުގެ މަރުހަލާ ފުރިހަމަކުރެވުނީ، އިންތިޚާބަށް ކެންޑިޑެންސީ ހުށައެޅުމުގެ ސުންގަނޑި ހަމަވިފަހުން ކަމުގައިވާތީ، ޕީއެންއެފްގެ ޓިކެޓްގައި އެއްވެސް ބޭފުޅަކަށް މަޖިލީހަށް ވާދަކުރައްވާކަށް ފުރުޞަތެއް ނުލިބުނެވެ. އެހެންވެ އެޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކަށް ވާދަކުރައްވަނީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.