Advertisement

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް --

18 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

މިއީ އެހާ އޮމާންކޮށް ދިޔަ އިސްތިއުނާފީ މަރުހަލާއެއް ނޫން: ރައީސް ޔާމީން

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލްކޯޓުން އިއްވި ހުކުމްތަކާއި ގުޅިގެން އެމަނިކުފާނު ދިވެހިރާއްޖޖޭގެ ހައިކޯޓަށް ހުށައެޅުއްވި އިސްތިއުނާފު މައްސަލައަކީ، ފެންނަ ފެނުމަށް މިއީ އެހާ އޮމާންކޮށް ދިޔަ އިސްތިއުނާފީ މަރުހަލާއެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައެޅުއްވި އިސްތިއުނާފުގެ މައްސަލަ އެމަނިކުފާނަށް ކާމިޔާބުވެގެން ނިމުނު ނަމަވެސް ރައީސް ޔާމީނުވަނީ އިސްތިއުނާފުގެ މައްސަލަ ނުނިމި ދިގުލައިގެން ދިޔުމުގެ ސަބަބުން އެމަނިކުފާނުގެ ޙައްޤުތަކެއް ގެއްލިގެން ދިޔަކަން ފާހަގަކުރައްވާފައެވެ. 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނު ކެންޑިޑެންސީވެސް ހުށައެޅުއްވިއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ މިއަދު ހައިކޯޓުން ބާޠިލްކުރި ހުކުމްތަކާއި ގުޅިގެން އެމަނިކުފާނު ބަންދުގައި ހުންނެވުމުންނެވެ. އޭރު ވެސް ހައިކޯޓުގައި މިމައްސަލަތަކުގެ ޝަރީއަތްތައް ހިނގަމުން ދިޔައެވެ.

މީގެ އިތުރުން، ސަރުކާރު ބަދަލުވުމަށް ފަހު ޝަރީއަތުގެ އަޑުއެހުންތައް ނުބޭއްވި ކެންސަލް ވަމުން ދިޔުމާއި، 21 ނޮވެމްބަރު 2023ގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު ހުކުމް ކުރުމާއި ދެމެދު ހަތަރުމަހަށްވުރެ ގިނަ ދުވަސް ހޭދަވެގެން ދިޔުންވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

"އަޅުގަނޑެއް ޤަބޫލެއް ނުކުރަން މިގެއްލުނީ 4 މަސް ކަމަކަށް. އެއްވުރެ މާގިނަ ދުވަސް ގެއްލިއްޖެ. ދެން އަޅުގަނޑުގެ އަމިއްލަ ވިސްނުމުން، މިއީ ފަހަރެއްގައިވެސް ފަނޑިޔާރުންނަށް ކްރިޓިސައިޒްކުރަނީ ނޫން. އެކަމަކު އަޅުގަނޑުގެ ވިސްނުުމުގައި، ހައިކޯޓުގައި އިސްތިއުނާފުގެ މައްސަލަ ފެށިއިރު އަޅުގަނޑުމެން މިއީ ތަޙްޤީޤު ނުކުރެވޭ މައްސަލައެއް ކަމާއި، މީގައި ހެކިންނަށް ބުރަދަން ދީފައި ހުރުި ގޮތް އެނގެން ނެތްކަމާއި، މިކަހަލަ ހުރިހާކަމެއްގެ ވާހަކަ ދައްކާފައި، އަޅުގަނޑުމެން ސްޕްރީމްކޯޓަށް ގޮސްގެން ސްޕްރީމްކޯޓުގަިއ ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރު ބަލައިގަންނަން ޖެހޭނެ ހެކިންނާއި ބަލައި ގަނެގެން ނުވާނެ ހެކިންނާއި، އޭގެ ބުރަދަން ދޭނެ ގޮތެއް ކަނޑައަޅަން އެނގޭނީ އެބައި ފީހޮވާލާފައި ބޭރަށް ނެރުނީމަ. މިޙުކުމް އޮންނާނީ ނެރެދެއްވާފައި. އެކަމަކު އެއާއި އެއްގޮތަށްވެސް ކްރިމިނަލް ކޯޓުގައި އެމައްސަލަތައް ނުހިނގި."

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް --

ރައީސް ޔާމީން ވިދާޅުވީ، މައްސަލައިގެ ޝަރީއަތް އެހާ ދިގުލައިގެން ދިޔައީ އެހެންވެގެން ކަމަށެވެ. އަދި ސްޕްރީމްކޯޓުން ހެކި ބަލައިގަތުމުގައި ނިންމަވާފައިވާ ގޮތަށް ހައިކޯޓުންވެސް ޢަމަލުކުރެއްވި ނަމަ މިއަށްވުރެ އަވަހަށް މިމައްސަލަތައް ނިމިގެން ދިޔައީސް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި އިސްތިއުނާފްގެ މައްސަލަ އޮމާންކޮށް ދިޔަނަމަ އެމަނިކުފާނުގެ ކެންޑިޑެންސީގެ މައްސަލަ ސްޕްރީމްކޯޓަށް ދިޔުމުގެ ކުރިވެސް އެމައްސަލަ ނިމުނީސް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ހުކުމްތަކުން މިނިވަންވެވަޑައިގެންނެވުމާއި އެކު އެމަނިކުފާނު ވަނީ، ސަޕޯޓަރުންނާއި އަދި އެމަނިކުފާނު އަލަށް އުފެއްދެވި ޕާޓީ ޕީއެންއެފްގެ އިސްބޭފުޅުންނާއި މެމްބަރުންނާއި ބައްދަލުކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.