Advertisement

ރައީސް ޔާމީނު މިނިވަން ވަޑައިގެންނެވުމުން ސަޕޯޓަރުންނާއި ބައްދަލު ކުރެއްވުން --

18 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީން މިނިވަންވެއްޖެ

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާޠިލްކޮށް އެމައްސަލަ އަލުން ބެލުމަށް ހައިކޯޓުން އެންގުމާއި އެކު ރައީސް ޔާމީން ބަންދުން މިނިވަން ވެއްޖެއެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ދައުލަތުން އުފުލި ދެދައުވާއެއް ސާބިތުވާކަމަށް ނިންމައި، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށާއި، 5 މިިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްުކުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރީ، 25 ޑިސެމްބަރު 2022 ގައެވެ.

އެމައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރީ ރައީސް ޔާމީނުގެ ފަރާތްޕުޅުންނެވެ.

އެދައުވާތައް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން ކުރި ޙުކުމްތަކުގެ ތެރެއިން ފުރަތަމަ ބާތިލްކޮށްފައި ވަނީ ރިޝްވަތު ނެންގެވިކަމަށް ބުނެ ކުރި ދައުވާގައި ކޮށްފައިވާ ހުކުމެވެ. އެހުކުމް ބާޠިލްކޮށް އެމައްސަލަ އަލުން ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އެންގީ ބުރާސްފަތި ދުވަހު ހަވީރު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައެވެ. އަދި ދެވަނަ ޙުކުމް ބާޠިލްކޮށް އެމައްސަލަ އަލުން ބަލަށް އަންގާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްތައް ބާޠިލްކޮށްފައި ވަނީ، އެމައްސަލަތައް ބެއްލެވި ފަނޑިޔާރު ޙުސައިން ޝަފީޢު އާއި ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި ފަނޑިޔާރު މުޙައްމަދު ސަލީމްގެ އިއްތިފާޤުންނެވެ.

ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ މި ދެހުކުމް ބާޠިލް ކުރިނަމަވެސް އަދިވެސް އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފައިވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް ކްރިމިނަލްކޯޓުގައި އެބައޮތެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.