Advertisement

ރައީސް ޔާމީން --

18 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ދަށުކޯޓުގެ ޙުކުމުގައި ހިމެނޭ ކޮރަޕްޝަންގެ ބައި ހައިކޯޓުން ބާޠިލްކޮށް އަލުން ބަލަން އަންގައިފި

ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމުންގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު، 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިޔަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރި ޙުކުމްގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލައިގެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލްކޮށް އެމައްސަލަ އަލުން ބެލުމަށް ކުރިމިނަލްކޯޓަށް އަންގައިފިއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ހައިކޯޓުން ބާޠިލްކުރީ ރައީސް ޔާމީނުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައެޅި އިސްތިޢުނާފް މައްސަލަ ނިންމައި އިއްވި ޙުކުމްގައެވެ. ހައިކޯޓުގެ ޙުކުމްގައި ވަނީ، ދަށު ކޯޓު މަރުހަލާގައި މިމައްސަލަ ކުރިޔަށް ގެންގޮސް ޙުކުމް ކުރުމުގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުން ބާޠިލްކުރި ސަބަބުތައް ފާހަގަކޮށްފައެވެ. މީގެ އިތުރުން ކުރިމިނަލް ކޯޓުން އެމައްސަލަ އަލުން ބެލުމުގައި ބަލަންޖެހޭ ކަންކަންވެސް ވަނީ ހިމަނާފައެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން ހުށައެޅި މިމައްސަލަ ހައިކޯޓުގައި ބަލައި ނިންމާފައި ވަނީ، ފަނޑިޔާރު ޙުސައިން ޝަފީޢު އާއި ފަނޑިޔާރު ޙުޒައިފާ މުޙައްމަދާއި ފަނޑިޔާރު މުޙައްމަދު ސަލީމެވެ. އެހުކުމްކޮށްފައި ވަނީ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި 3 ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި، 5 މިިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްުކުމަށް ކްރިމިނަލް ކޯޓުން 25 ޑިސެމްބަރު 2022 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.