Advertisement

ރައީސް ޔާމީނާއި އެމަނިކުފާނުގެ ޤާނޫނީ ވަކީލު --

18 Apr 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޔާމީނަށް އިއްވި ޖަލު ޙުކުމުގެ އިސްތިއުނާފް މައްސަލަ މިއަދު 1:00ގައި

އެމްއެމްޕީއާރްސީގެ ޚިޔާނާތަކާއި ގުޅިގެން ކްރިމިނަލްކޯޓުން ރައީސް ޔާމީނުގެ މައްޗަށް އިވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ އިސްތިއުނާފް މައްސަލަ ނިންމުން މިއަދުގެ 1:00އަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

މިމައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ހައިކޯޓުގައި ބާއްވާފައި ވަނީ ހުސްވި އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެދުވަހު އެމައްސަަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލާފައި ވާތީ ދެން އޮންނާނީ މައްސަލައިގެ ޙުކުމް ކުރުމެވެ. އެހެންކަމުން ރައީސް ޔާމީނުގެ ފަރާތްޕުޅުން އިސްތިޢުނާފަށް ހުށައަޅާފައިވާ އެމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ޙުކުމް އިއްވާނެއެވެ.

އެމައްސަލަ ނުނިިމި ދިގުލައިގެންދާތީ ރައީސް ޔާމީނުގެ ވަކީލުންނާއި ސަޕޯޓަރުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްަފައެވެ. އަދި އެމައްސަލަ ލަސްވާ ސަބަބެއް ބެއްލެވުމަށް ރައްޔިތުންގެ މަޖިލީގުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ، ޖޭއެސްސީއަށް މައްސަލައެއްވެސް ހުށައަޅުއްވާފައެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރެއްވުމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި، 5 މިިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެފައިސާ 6 މަސްދުވަހުގެ ތެރޭގައި ދެއްުކުމަށް ކްރިމިނަލް ކޯޓުން 25 ޑިސެމްބަރު 2022 ގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.