Advertisement

16 Apr 2024
ދީން

މީސްތަކުންގެ ޙައްޤުތަކަށް އަރައިގަންނަނަމަ ތިމާގެ ހެޔޮކަންތައްތައް ނެތިވެ ހިނގައިދާނެ

އަޅުގަނޑުމެން ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު އުނިވާކަންތައްތަކުން އަޅުގަނޑުމެން ރައްކާތެރިވާންޖެހެއެވެ.

"ނޫން.އެމްވީ"ގެ ރޯދައާ ހެޔޮ އަމަލުގެ އަށާވީސްވަނަ އެޕިސޯޑުގައި ޝެއިޙް އިލްޔާސް ޖަމާލް ވާހަކަފުޅު ދެއްކެވީ  މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުގެ ނުބައިކަމާ ގުޅޭގޮތުންނެވެ. 

ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ؛

ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުން ބަނގުރޫޓުވެފައިވާ މީހަކީ ޤިޔާމަތްދުވަހު ނަމާދާއި ރޯދައާއި ޒަކާތުގެ ހެޔޮކަމައިގެން އަންނަމީހާއެވެ. އަދި އެކަންކަމާއިއެކު އަންނައިރު އޭނަވަނީ މިވެނި މީހަކާ ދިމާލަށް އެއްޗެހި ކިޔާފައެވެ. އަދި އެވެނި މީހަކަށް ޤަޛްފުކޮށްފައެވެ. އަދި މިވެނި މީހެއްގެ މުދާ ކައިފައެވެ. އަދި މިވެނި މީހެއްގެ ލޭ އޮހުރުވާފައެވެ. އަދި އެވެނި މީހެއްގެ ގައިގައި ޖަހާފައެވެ. ދެން އޭނާގެ ހެޔޮކަމުން އެވެނި މީހަކަށް ދެއެވެ. އަދި އެ ހެޔޮކަމުން މިވެނި މީހަކަށް ދެއެވެ. އެންމެފަހުން، އެހެން މީހުންގެ ޙައްޤުތައް ދިނުމުގެ ކުރިން އޭނާގެ ހެޔޮކަންކަން ހުސްވުމުން އެމީހުންގެ ނުބައިކަންކަން އޭނާގެ ބޮލުގައިއެޅެއެވެ. ދެން އޭނާ ނަރަކައަށް އެއްލާލެވެއެވެ.“

ލޮބުވެތި މުސްލިމް އަޚުންނާ އުޚްތުންނޭވެ. އަޅުގަނޑުމެންގެ ހެޔޮ ޢަމަލުތަކާއި އޭގެ ސަވާބު އުނިވުމަށް ނޭދޭނަމަ، ޣީބަ ބުނުމާއި އަނިޔާވެރިވުމާއި އެނޫންވެސް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމުން ދުރުވާންޖެހެއެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ހެޔޮކަންތައް ނެތިވެ ހިނގައިދާނެއެވެ.

މި މަޢުޟޫޢުއާ ގުޅޭގޮތުން ޝެއިޙް ދެއްކެވި ވާހަކަ އަޑު އެއްސެވުމަށާއި ބެއްލެވުމަށް، ވީޑިއޯ ޕްލޭ ކުރައްވާ!

ކޮމެންޓް
އިތުރު އާޓިކަލް
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.