Advertisement

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

12 Apr 2024
އެމް. ޑީ. ޕީ
ޢަލީ ސުލައިމާން

ފެންނަނީ މިފަހަރުވެސް އައްޑޫ ސިޓީން އެމްޑީޕީއަށް އާނބަސް ބުނާތަން: ރައީސް ޞާލިޙް

އައްޑޫ ސިޓީން އެމްޑީޕީއަށް މިފަހަރުވެސް އާނބަސް ބުނާ މަންޒަރު ފެނިވަޑައިގަންނަވާކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މިސްރާބު ހަމަމަގަށް ކެމްޕޭނުގެ ތެރެއިން ރޭ އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީ އާއެކު އައްޑޫ ސިޓީގެ ރައްޔިތުން ނުވާންވީ ސަބަބެއް ނެތް ކަަމަށެވެ. އެމަނިކުފާނު ވިދާޅުުވީ، އައްޑޫ ސިޓީގެ ރައްޔިތުންވެސް ޤަބޫލުކުރާ ފަދައިން މިހާތަނަށް، އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި، ރައްޔިތުން އިންތިޚާބު ކުރި ސަރުކާރަކުން، މިހާތަނަށް ކޮށްފައި ނުވާވަރުގެ މަސައްކަތްތަކެއް އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިޙްގެ ވާހަކަފުޅުގައި، މިދިޔަ ރިޔާސީ އިންތިޚާބުގައި އައްޑޫ ސިޓީގެ ރައްޔިތުން އެމްޑީޕީގެ ސިޔާސަތުތަކަށް ތާއީދުކޮށްފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.

"ތިޔަބޭފުޅުންނަށް ޤަބޫލުކުރެވުނީ އެމްޑީީޕީ ވެރިކަމުގައި އޮވެގެންކަން މި ސިޓީއަށް ތަރައްޤީ އަންނާނީ، ފުރިހަމަ އަޤުލަބިއްޔަތެއް ދިން، އެހެން ނަމަވެސް އޭރު ކެމްޕޭނުގެ ތެރޭގައި މިއަދުގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން، ހައްދަވަމުން އެގެންދެވި ދޮގާއި، އޮޅުވާލުމުގައި އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ބަޔަކަށް، އެކަން ޤަބޫލުކުރެވި މިވަނީ ގޯހެއް ހެދިފައޭ، އަޅުގަނޑު ހިތުން މިއަދު އެބޭފުޅުންނަށް އެެބަ ޤަބޫލު ކުރެވޭ. މިއަދު މިއޮތީ އެކަން އިސްލާޙް ކުރަންޖެހިފައި."

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ، މިހާރު ވެރިކަމުގައި ތިބި ބޭފުޅުން އިންތިޚާބުކޮށް ހެދުނު ގޯސް ރަނގަޅު ކުރެވެން އޮތީ ދެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީން ބޭނުންވަނީ އެސަބަބަށްޓަކައި ކަމަށެވެ.

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ މިމަހުގެ 21ވާ އާދިއްތަ ދުވަހުގައެވެ. އިންތިޚާބަށް ފޯރީގައި އެމްޑީޕީން ދަނީ ކެމްޕޭން ކުރަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.